ސަލްމާން މިސްކިތުގައި ހެދި އިސްލާމީ ލައިބްރަރީ ހުޅުވައިފި

މި ލައިބްރަރީ ހުޅުވާފައި ވަނީ އިސްލާމީ އެކި ދާއިރާތަކުގެ 15،000 އަށްވުރެ ގިނަ ފޮތާއެކުގަ އެވެ. އެތަނުގައި ފޮތް ކިޔަން އިށީންނާނެ ގޮނޑި މޭޒާއި ކޮމްޕިއުޓަރު ސިސްޓަމްތައް ވެސް ވަނީ ބަހައްޓާފަ އެވެ.

ސަލްމާން މިސްކިތުގައި ގާއިމްކުރި އިސްލާމީ ލައިބްރަރީ --

ސަލްމާން ރަސްގެފާނު މިސްކިތުގައި ގާއިމް ކުރި އިސްލާމީ ލައިބްރަރީ މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ލައިބްރަރީ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ.

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އިސްލާމީ ލައިބްރަރީ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހު ކަމަށް އިސްލާމީ މިނިސްޓްރީން ބުންޏެވެ. 

މި ލައިބްރަރީ ހުޅުވާފައި ވަނީ އިސްލާމީ އެކި ދާއިރާތަކުގެ 15،000 އަށްވުރެ ގިނަ ފޮތާއެކުގަ އެވެ. އެތަނުގައި ފޮތް ކިޔަން އިށީންނާނެ ގޮނޑި މޭޒާއި ކޮމްޕިއުޓަރު ސިސްޓަމްތައް ވެސް ވަނީ ބަހައްޓާފަ އެވެ.

ސަލްމާން މިސްކިތުގައި ގާއިމްކުރި އިސްލާމީ ލައިބްރަރީ --

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ގާއިމްކޮށް، މިސްކިތްތަކަށް ދިރުން ގެނައުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދައުވަތު ދެއްވަވާފަ އެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.