އެމެރިކާއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެން ޓޫރިސްޓް މަރުވެފައި ވަނީ މިމަހުގެ ހަވަނަ ދުވަހުގެ 12:28 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ފަރާތު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރިއެއް ކަމަށެވެ. އެކަން ހިނގީ ކޮން ރިސޯޓެއްގައިކަން ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.
އެމެރިކާއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެން ޓޫރިސްޓް މަރުވެފައި ވަނީ މިމަހުގެ ހަވަނަ ދުވަހުގެ 12:28 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން މިދިޔަ ހަފްތާ ރައްޔިތުންގެ މަޖިލީހުގައި ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މޫދުގައި ހިނގި އެކި ހާދިސާތަކުގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 112 ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. މިދިޔަ އަހަރު އެކަނިވެސް ގެނބިގެން 20 ޓޫރިސްޓުން ވަނީ މަރުވެފަ އެވެ.