ބެލެވޭ ގޮތުގައި އެ ސަރަހައްދުގައި ޒަކަރިއްޔާގެ ޑިންގީ ނަގިލި ލައިގެން އޮއްވައި ގަދަ އޮއެވަރުގެ ސަބަބުން ޑިންގީގެ ކުރިން ބައެއް އިރައިގެން ދިޔައީ އެވެ. ނުވަތަ އެ ވަގުތު ނެގި ކޮޅިގަނޑުގެ ނެގި ރާޅަކާއެކު ޑިންގީ ހަލާކުވެގެން ފެތުނީ އެވެ.
ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ދަތުރުކުރި ޑިންގީ މިއަދު އަޑިން ނެގިއިރު އޭގެ ކުރީކޮޅު އޮތީ އިރައިގެން ގޮސް ޑިންގީ ހަލާކުވެފަ އެވެ.
ގައްދޫ ރައްޔިތުން ކިޔާ ގޮތުންނަމަ "ތުއްތުބޭ" ދުއްވާ ބޮންތިގެ ނަން ދީފައިވާ 15 ހޯސްޕަވަރުގެ އައުޑްބޯޑް އިންޖީނު އަޅާފައިވާ ކުޑަ ޑިންގީ މިއަދު ހެނދުނު ވަނީ ހޯދައިފަ އެވެ،
އެމްއެންޑީއެފުން ބުނީ ޒަކަރިއްޔާ ހޯދުމަށް މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އެ ޑިންގީ ފެނިފައި ވަނީ ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ކަމަށެވެ. ޑިންގީ ނަގައި އެ ރަށަށް އެހެލާފައިވާއިރު އެ އެ ޑިންގީގެ ފޮޓޯތަކުން ފެންނަ ގޮތުގައި ވަރަށް ބޮޑަށް އެ އޮތީ ހަލާކުވެފަ އެވެ.
އެހެންވެ ބެލެވޭ ގޮތުގައި ގައްދު އާއި ގަމާ ދެމެދުގެ އާދަޔާ ހިލާފު ގަދަ ސަރަހައްދުގައި ޒަކަރިއްޔާގެ ޑިންގީ ނަގިލި ލައިގެން އޮއްވައި ގަދަ އޮއެވަރުގެ ސަބަބުން ޑިންގީގެ ކުރިން ބައެއް އިރައިގެން ދިޔައީ އެވެ. ނުވަތަ އެ ވަގުތު ނެގި ކޮޅިގަނޑުގެ ސަބަބުން ނެގި ބިޔަ ރާޅުތަކާއެކު ޑިންގީ ރާޅަކާ އޮޅާލުމުގެ ސަބަބުން ޑިންގީގެ ކުރި ހަލާކު ވެގެން އަޑިއަށް ދިޔައީ އެވެ.
ގައްދޫ ކޯޒީރައުންޑް، 79 އަހަރުގެ ޒަކަރިއްޔާ ގެއްލުމާ ގުޅިގެން ސިފައިންގެ ކޯސްޓްގާޑާއި ފުލުހުން އަދި ގައްދޫ ކައުންސިލްގެ އިސް ނެގުމެއްގެ ދަށުން އެ ރަށުގެ ރައްޔިތުން ދަނީ ޒަކަރިއްޔާގެ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އަޔާޑާ މޯލްޑިވްސްގެ ލޯންޗް ފަހަރު ބޭނުންކޮށްގެން ވެސް ހޯދާފައިވެ އެވެ.
ކޯސްޓްގާޑުން ރޭ ބުނެފައިވާ ގޮތުގައި ޒަކަރިއްޔާ ހޯދަން ހިންގާ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށެވެ. ސާޗް މި އޮޕަރޭޝަންގައި ސިފައިން ދަނީ މޯލްޑިވިއަންގެ ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ.