ކޮރަޕްޝަންގެ އިތުރު މައްސަލައެއްގައި ސައީދަށް ދައުވާ ކޮށްފި

ޕީޖީ އޮފީހުން އިއްޔެ ބުނީ މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ ސައީދު --

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަނުގެ އިތުރު މައްސަލައެއްގައި ދައުވާ ކޮށްފި އެވެ.

ސައީދުގެ މައްޗަށް ދައުވާކޮށްފައި ވަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ. އެ މުއާމަލާތުގައި ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. 

ޕީޖީ އޮފީހުން އިއްޔެ ބުނީ މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

އެ ދައުވާގައި ބުނެފައި ވަނީ ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުމުގައި ސައީދު ސޮއިކުރެއްވުމަށް ފަހު، މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިންގީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެގޮތުން، މާމެންދޫގައި ފެނަކައިން އައިސްޕްލާންޓެއް އެޅުމުގެ ބަދަލުގައި އެ ރަށުގައި އޭރު ވެސް ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުންއާދަޔާހިލާފު ބޮޑު އަގެއްގައި ހުށަހެޅި 11.2 މިލިއަން ރުފިޔާއަށް އެތަން ގަނެފައިވާ ކަމަށެވެ. އަދި، އެ އައިސްޕްލާންޓް ގަތުމަށް ނިންމާފައި ވަނީ ފެނަކައިން އިންހައުސްކޮށް އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން ބޯޑުގެ ބައްދަލުވުމުގައި ސާފުކޮށްނުދީ ކަމަށް ދައުވާގައިވެ އެވެ.

ކައިޒާން އިންވެސްޓްމަންޓަށް ފެނަކައިން އެހާ ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ގޮތް މެދުވެރިކުރަން މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސައީދު ސޮއިކޮށްފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

މީގެ ކުރިން ސައީދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު ފެނަކައިން ހެދި އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެކީ ނުނިންމަނީސް، އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށް ދޭންޖެހޭ ފައިސާ ފެނަކައިން ބްލޭޒަން އިންކަށް ދޫކޮށްފައިވާ ކަމަށެވެ.

މިގޮތަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ)ގެ ގެއްލުމެއް ލިބިފައިވާކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.