ފުލުހުން ބުނީ ހުޅުމާލޭގައި މަސައްކަތް ކުރާ އެ ތިން ފުލުހުންގެ ހާލު ގޯސްވީ ދުމުގެ އަސަރު ކޮށްގެން ކަމަށެވެ. އެ އޮފިސަރުންނަށް ރެއިން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ އެންސިސް ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ 18:48 ހާއިރު ރޯވެފައި ވަނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި އެންސިސް ގުދަނުގެ ހަތަރުވަނަ ފަންގިފިލާފަ އެވެ. މި އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ދުން ބޯވެފަ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި މަސައްކަތް ކުރާ އެ ތިން ފުލުހުންގެ ހާލު ގޯސްވީ ދުމުގެ އަސަރު ކޮށްގެން ކަމަށެވެ. އެ އޮފިސަރުންނަށް ރެއިން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"އެ ފުލުހުންގެ ހާލު މިހާރު އަންނަނީ ރަގަޅު ވަމުން،" ފުލުހުން އިތުރަށް ބުނެފައިވެ އެވެ.
އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފައިވާތީ ފުލުހުން ވަނީ ސަމާލުވުމަށް އާންމުންނަށް ރޭ އިލްތިމާސްކޮށްފަ އެވެ. ވައިގަދަ ވުމުގެ ސަބަބުން ހުޅުމާލެ ތެރެއަށް ވެސް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފަ އެވެ.