ކަނޑުމަތީގެ ހަތް ހާދިސާ | ގައްދޫ އުމުރުން ދުވަސްވީ މީހާ ނުފެނޭ

ކަނޑުމަތީގެ ހާދިސާތަކުގައި އިއްޔެ ވަނީ މުދާ އުފުލާ ދޯންޏެއް މުދަލާއެކު އަޑިއަށް ގޮސްފަ އެވެ. އެކަމަކު މި ދޯނީގައި ތިބި މީހުން ސިފައިންވަނީ ސަލާމަތްކޮށްފަ އެވެ.

ކުރިން ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި އަޑިއަށް ދިޔަ އުޅަނދެއް ސިފައިން ނަގަނީ -- ކޯސްޓްގާޑް

މޫސުން ގޯސްވެ ކަނޑު ގަދަވުމާއެކު މޫސުމަށް ސަމާލުވާން މެޓް އޮފީހާއި ސިފައިން ދިޔައީ އެދެމުންނެވެ، ނަސޭހަތްތެރިވަމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ އާއި ރޭއެކި ކޯސްޓްގާޑަށް ކަނޑުމަތީގެ ހަތް ހާދިސާއެއް ރިޕޯޓްކޮށްފައިވެ އެވެ. މިގޮތުން އެއް ހާދިސާގައި ގެއްލުނު ގައްދޫ، އުމުރުން ދުވަސްވީ މީހާ އަދިވެސް ނުފެންނަ ކަމަށް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ. 

ކަނޑުމަތީގެ އެއް ހާދިސާއަކީ އުމުރުން 75 އަހަރުގެ މީހަކު ގެއްލިގެން އިއްޔެ ރިޕޯޓްކުރި ހާދިސާ އެކެވެ. މި ހާދިސާގައި ގެއްލިފައިވަނީ ގދ. ގައްދޫ ޒަކަރިއްޔާ މުހައްމަދު އެވެ. އޭނާ ގައްދޫ ފުރިކަމަށް ވަނީ އެ އަތޮޅު ގަމަށް ދިއުމަށެވެ. 

ދިވެހި ފުލުހުން ބުނީ، އެ މީހާ އެންމެ ފަހު ފެނުނުއިރު، ލައިގެން ހުރީ ނޫ ކުލައިގެ އަތް ކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށެވެ. އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފްގެ ކޯސްޓްގާޑް އިން ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. 

އެމީހާ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެމްއެންޑީއެފް ސައުތު ރީޖަނަލް ކޯސްޓުގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ގަމާއި ގަން ލައިރި ފަޅުރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އިއްޔެ ރިޕޯޓްކުރި ހާދިސާތައް

  •  ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރި މީހަކު ގެއްލުނު، އެމީހާ ވަނީ ފަތާފަ ގޮސް ދުވާފަރަށް އަރާފައި
  •  ތ. ވިލުފުށި ވިލުރޯދި ގެއްލުނު ކަމުގެ ރިޕޯޓެއް، ފަހުން އެ ދޯނި ރަށަށް ދިޔަ
  •  އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރި ދޯންޏެއް އިންޖީނު ހުއްޓުން
  •  22 ޓޫރިސްޓުންނާއި 15 ފަޅުވެރިން ތިބ ސަފާރީއެއް ދިޔަވުން
  •  ލ. ހިތަދުއަށް ދަތުރުކުރި އޯޝަން އެކްސްޕްރެސް ދޯނި ދިޔަވެގެން އެހީތެރިކަން ދިނުން
  •  އަށް މީހުންނާއެކު ދަތުރުކުރި މި ދޯނި ވަނީ އަޑިއަށް ގޮސްފަ

ކަނޑުމަތީގެ ހާދިސާތަކުގެ ތެރޭން އަށް ދިވެހިންނާއި ހަތަރު ބިދޭސީންނާ އެކު މާލެ އިން ލ. ހިތަދުއަށް ދަތުރުކުރި މުދާ އުފުލާ އޯޝަން އެކްސްޕްރެސް ދޯނި ވަނީ މުދަލާއެކު އަޑިއަށް ގޮސްފަ އެވެ. ނަމަވެސް އެ ދޯނީގައި ތިބި މީހުން ވަނީ ކޯސްޓްގާޑުން ސަލާމަތްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.