ފަނޑިޔާރުންނާއި އާއިލާއަށް އިންޝުއަރެންސް ދޭނެ ކުންފުންޏެއް ހޯދަނީ

ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އެދުމުގެ މަތިން ފަނޑިޔާރުންނާއި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިންބަފައިންނަށް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ތިން އަހަރު ދުވަހު ދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ.

ޖުޑީޝަރީން ބޭއްވި އިވެންޓެއްގައި ބައެއް ކޯޓްތަކުގެ ފަނޑިޔާރުން

ފަނޑިޔާރުންނާއި އާއިލާ އަށް އިންޝުއަރެންސުގެ ހިދުމަތް ދޭނެ ކުންފުންޏެއް ހޯދަން އިއުލާނުކޮށްފި އެވެ. 

މިނިސްޓްރީ އޮފް ފިނޭންސުން ބުނެފައިވާ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އެދުމުގެ މަތިން ފަނޑިޔާރުންނާއި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިންބަފައިންނަށް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ތިން އަހަރު ދުވަހު ދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ. 

ފިނޭންސުން ބުނީ މިފަރާތްތަަކަށް އިންޝުއަރެންސްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 177،750 ރ. ބަހައްޓަން ޖެހެ އެވެ. 

މިހާރު ހައި ކޯޓުގެ ފަނޑިޔާރުން 300،000 ގެ އިންޝުއަރެންސް ކަވާއެއް ލިބެ އެވެ. އަދި  ސުޕީރިއާ ކޯޓުތުގެ ފަނޑިޔާރުން ވެސް 300،000 އަށް ރުފިޔާގެ އިންޝުއަރެންސް ކަވާއެއް ލިބޭއިރު  މެޖިސްޓްރޭޓް ކޯޓުގެތަކުގެ ގާޒީން 250،000 ރުފިޔާގެ ކަވަރެއް ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.