"ދިވެހި އެއްވެސް މަސް ކުންފުންޏެއް ބްލެކް ލިސްޓެއް ނުކުރެ"

މިނިސްޓަރު ޝިޔާމް އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާ އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހުގައި މައުލޫމާތު ދެއްވަނީ -- މަޖިލީސް

މިފްކޯވެސް އަދި ދިވެހި އެއްވެސް މަސް ކުންފުންޏެއް އެއްވެސް ފަރާތަކުން ބްލެކް ލިސްޓްކޮށްފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އޮޑިޓަކުން ފެއިލްވެގެން ބްލެކް ލިސްޓު ކުރިކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ސާފުކޮށް ދިނުމަށް މިނިސްޓަރު ޝިޔާމް އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާ އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އަންނަ ހަފްތާގައި ވެސް ޔޫކޭގެ މޭޖާ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އަންނާނެ އެވެ.

"މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު. އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓާޑް ނޫސް އެޖެންސީއަކުން ހަގީގަތާ ހިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަން ކުޑަ އމަލެއް ކަމުގައި ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ. 

އޮޑިޓަރުން ފެއިލްވިޔަސް ބްލެކް ލިސްޓެއް ނުކުރާނެ

އީޔޫ އާއި އެހެން މާކެޓުތަކަށް މަސް އެކްސްޕޯޓް ކުރާއިރު ވެސް ހާއްސަ ސެޓްފިކެޓްތަކެއް ބޭނުންވެ އެވެ. މިގޮތުން އެކި ބަޔަރުން އައިސް އެމީހުންގެ ރިކުއާމަންޓް ހަމަ ކުރަން ހާއްސަ އޮޑިޓްތައް ކުރެ އެވެ. އޮޑިޓް ކުރުމުގެ މާނައަކީ ފެކްޓްރީ އާއި މަސް ޕްރޮސެސް ކުރުމުގެ މަރުހަލާގެ މިންގަނޑުތައް ޔަގީންކުރުމެވެ. މަސް ގަންނަ ބަޔަރުން އައިސް ބެލުމަށްފަހު އޮޑިޓުން ފެއިލްވެއްޖެނަމަ އެކަން ރަނގަޅު ކުރަން އަންގަ އެވެ. މިގޮތުން ކޮންމެ ކުއާޓަރެއްގައި އޮޑިޓްތައް އޮވެ އެވެ. މަސް ކުންފުނިތަކުގެ އޮޑިޓްގައި މީގެ ކުރިންވެސް މައްސަލަ ޖެހިފައިވެ އެވެ. އަދި އެ ފަރާތުން އަންގާ ކަންކަން އިސްލާހު ކުރުމުން އެކަން ހައްލުވެ އެވެ. މިއީ ބްލެކް ލިސްޓް ކުރާނެ ކަމެއް ނޫނެވެ. އީޔޫ އިން ބްލެކް ލިސްޓް ކުރާނީ މަނީލޯޑްރިން އާއި ހިއުމަން ޓްރެފިކިން އަދި ޓްރެރިޒަމް އަދި ސްމަގްލިން ފަދަ ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކާ ގުޅިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.