އެންސިސް ގުދަނުގައި ރޯވުން: ދުމުގެ އަސަރު ބޮޑުވެ، ރައްކާތެރިވާން އެދިއްޖެ

އެތަނުގެ ކައިރީގައި ދިރިއުޅޭ މީހުން ގޭގެ ދޮރުތައް ލައްޕައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބޭރަށް ނުކުތުމަށް ފުލުހުން އެދިފައި ވެ އެވެ.

އަލިފާން ރޯވި ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ --ފޮޓޯ:މިހާރު

ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ އެންސިސް ގުދަނުގައި ރޯވެ، މުޅި ސަރަހައްދުގައި ދުން ބޯވެފައިވާތީ، ރައްކާތެރިވާން ކަމާބެހޭ އިދާރާތަކުން އެދިއްޖެ އެވެ. 

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވަމުންދާއިރު، ވައި ބާރުވެ، މޫސުން ގޯސްވުމުގެ ސަބަބުން މުޅި ސަރަހައްދަށް ވަނީ ދުންގަނޑު ފެތުރިފަ އެވެ.

ދުން ބޯވުމުގެ ސަބަބުން، ކައިރީގައި ހުރި ސިފްކޯ ފްލެޓުތަކުގައި ފަޔާ އެލާމް އެޅިކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. 

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންވެ، ޒަރޫރީ ބޭނުމެއްގައި ނޫނީ އެ ތަނާ ކައިރިއަށް ނުދިއުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އަދި އެތަނުގެ ކައިރީގައި ދިރިއުޅޭ މީހުން ގޭގެ ދޮރުތައް ލައްޕައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބޭރަށް ނުކުތުމަށް ފުލުހުން އެދިފައި ވެ އެވެ. 

އެޗްޕީއޭއިން ވެސް ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.