އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ އެންސިސްގެ ގުދަނެއްގައި ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ އެންސިސްގެ ގުދަނެއްގައި ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގާފައި ވަނީ މިރޭ 18:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ. އަދި ހާދިސާއާ ގުޅޭ އިތުރު އެހެން ތަފްސީލުތައް ވެސް އެމްއެންޑީއެފުން މިހާތަނަށް ދީފައެއް ނުވެ އެވެ.
އަލިފާނުގެ ސަބަބުން އެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފަ އެވެ.