މެޓް އޮފީހުން ބުނީ މާދަމާ އާއި އޭގެ އަނެއް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ފެށޭ ހަފްތާ ބަންދު (ހުކުރު އަދި ހޮނިހިރު) ގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މާދަމާ އާއި އޭގެ އަނެއް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން މިއަދު ވެސް ވަނީ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން، އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ އެލާޓް ނެރެފަ އެވެ.
އެ އެލާޓުގައި ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަނޑިއަކި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އިއްޔެ ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވިއްސާރަ ކޮށްފަ އެވެ.