މިއަދު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް އެދޭ ދަރިވަރުން ފޯމެއް ފުރުމުން، ލޯނެއްގެ ގޮތުގައި އެ ފައިސާ ހަމަޖައްސައިދެމުންގެންދާނެ ކަމަށެވެ. ޓެކްސް ފައިސާ ދޫކުރާނީ ދަރިވަރުން އެގޮތަށް އެދުމުންނެވެ.
މެލޭޝިއާގައި ކިޔަވާ އެހެން ގައުމުތަކުގެ ކުދިންގެ އަތުން އެ ގައުމުން ނަގަން ނިންމި ޓެކްސް ފައިސާ، އެގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން އެދުމުން ހަމަޖެހިގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މެލޭޝިއާގައި އަމަލު ކުރަން ފެށި ސޭލްސް އެންޑް ސާވިސް ޓެކްސް އިސްލާހާއެކު، އެ ގައުމުގެ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ އަގުބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ކުދިންގެ އަތުން ހަ ޕަސެންޓް ޓެކްސް ނަގަން ވަނީ ފަށައިފަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން ބުނެފައި ވަނީ އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވާސިޓީ ނުވަތަ އިންސްޓިޓިއުޓަކުން އެ މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި އެ ޓެކްސް ހިމެނުމުން، މިހާރުވެސް ދަރިވަރުންނަށް ފައިސާ ދައްކަމުން ދާ ގޮތަށް ޓެކްސް ފައިސާއާ އެކީ ފޮނުވަމުންދާނެ ކަމަށެވެ.
މިއަދު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް އެދޭ ދަރިވަރުން ފޯމެއް ފުރުމުން، ލޯނެއްގެ ގޮތުގައި އެ ފައިސާ ހަމަޖައްސައިދެމުން ގެންދާނެ ކަމަށެވެ. ޓެކްސް ފައިސާ ދޫކުރާނީ ދަރިވަރުން އެގޮތަށް އެދުމުންނެވެ.
މެލޭޝިއާ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ވަނީ، އެ ގައުމުގައި ކިޔަވައިދޭ ތަންތަނުގެ ތެރެއިން އަހަރަކު 60،000 ރިންގިޓުން މަތިން ދަރިވަރުން އަތުން ފީ ނަގާ އިދާރާތަކުން ސޭލްސް އެންޑް ސާވިސް ޓެކުހަށް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.