ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމު ހުސްވެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހައިކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމު ހުސްވެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުގައި އެ މަގާމުގެ އަސާސީ މުސާރައަކީ 45،700 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރު މެޑިކަލް އަދި ފޯނު އިންޝުއަރެންސް ވެސް ލިބޭނެ އެވެ.
ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ތިބޭއިރު މިވަގުތު އެކޯޓުގައި ތިބީ ނުވަ ފަނޑިޔާރުންނެވެ.