ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި، ބަނދަރާއެކު ބޮޑު ފަސޭހައެއް ލިބޭނެ

މި މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން ބިން ހިއްކައި ފުރިހަމަ ބަނދަރެއް ތަރައްގީ ކުރާނެ އެވެ.

ފޮއްދޫ ބަނދަރުގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި އެ ރަށު ކައުންސިލް މެންބަރުން -- އެމްޓީސީސީ

އާބާދީގައި 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. ފޮއްދޫ ރައްޔިތުން އާއްމުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާ އެވެ. މި ރަށަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. މި ރަށުގައި ފަސް ގެސްޓް ހައުސް މިވަގުތު އަންނަ ރަށެވެ. ނަމަވެސް މި ރަށުގެ ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރެއް ނެތުމެވެ. ބަނދަރުގެ ދަތިކަމެވެ. 

އެމްޓީސީސީ އިން މިވަނީ މި މަސައްކަތް ހައްލު ކުރުމުގެ މަސައްކަތް މިއަދު ފަށާފަ އެބެ. މީގެ ކުރިން ބަނދަރެއް މީގެ ކުރިން މި ރަށުގައި ހެދިފައި ނެތުމުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީ އެކެވެ. އެކަމުގެ ދަތިތައް އެފަރާތްތަކުން ދަނީ މެދުނުކެނޑި ތަހައްމަލު ކުރަމުންނެވެ.

އެމްޓީސީސީ އިން މިއަދު އަމަލީ މަސައްކަތް ފެށުނު ބަނދަރުގެ މަސައްކަތް ނިމުމާއެކު ތަނަވަސް ބަނދަރެއް ލިބ،ި ރަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

މަޝްރޫއުގެ ސްކޯޕް - މި މަޝްރޫޢުގެ ދަށުނ 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއ،ި 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 145 މީޓަރުގެ ބޭރުތޮއްޓެއްލުމާއި 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ އެއްގަމުތޮށި ލުމާއި 125 މީޓަރު ދިގު ހަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 600 އަކަމީޓަރުގެ ޕޭވްމަންޓް
ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. މި މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ
މަޝްރޫޢެކެވެ. 

މިދިޔަ އަހަރު 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެއެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު
ނިންމައިފަ އެވެ .އެގޮތުން 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގަ އެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.