ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ސުކޫކް އަގު މަތިވެއްޖެ

ރާއްޖޭގެ އިގުތިސާދަށް ބައިނަލްއަގުވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކުވައިދޭ ސުކޫކުގެ އަގު، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް މަތިވެފަ.

ފިނޭންސް މިނިސްޓްރީ

އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، ސަރުކާރުގެ މާލީ ހިންގުމުގެ ކާމިޔާބީއާ އެކު، ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް މަތިވެއްޖެ އެވެ. 

ރާއްޖޭގެ އިގުތިސާދަށް ބައިނަލްއަގުވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކުވައިދޭ ސުކޫކުގެ އަގު، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް މަތިވެފަ އެވެ.

މިއީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރި 64.72 އެމެރިކާ ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ.

ސުކޫކުގެ އަގު މަތިވެފައި މި ވަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ވަރުގަދަ އިސްލާހީ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

ކުރީގެ އެމްޑީޕީގެ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. 

މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ޖުމްލަ 50 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. އެއީ އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިއަން ޑޮލަރުގެ މަގުންނެވެ.

މި ސަރުކާރުން އެ ކޫޕަން ޕޭމަންޓުތައް ކަނޑައެޅިފައިވާ ތާރީހަށް ދައްކަމުން އަންނައިރު، އެންމެ ފަހުން ކޫޕަން ޕޭމަންޓެއް ދައްކާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

މި އަހަރުގެ ދެވަނަ ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަންޖެހޭނީ އަންނަ އޮކްޓޯބަރު މަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.