މިލަންދޫގައި ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ކޮއްތު ފައިސާ ޖަމާކުރި މައްސަލައެއް

ފުލުހުން ބުނީ، އެކަމުގައި ބައިވެރިވާ ފުލުހުން މާލެ ގެނެސް، ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މައި އިދާރާ

ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ބަލަން ފަށައިފި އެވެ. 

ފުލުހުން ބުނީ، އެކަމުގައި ބައިވެރިވާ ފުލުހުން މާލެ ގެނެސް، ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވިޔަސް، އެނގިފައިވާ ގޮތުގައި މިލަންދޫގައި މަސައްކަތްކުރާ ފުލުހުންނަށް ތުހުމަތުކުރަނީ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތެވެ.

އެ މީހުން އެކަން ކޮށްފައިވަނީ ކޮއްތު ހަމަޖައްސައިދޭ މީހާއާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

މި އަހަރުގެ ބަޖެޓުގައި ފުލުހުންގެ ކެއުމުގެ ހަރަދުގެ ގޮތުގައި 168 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.