ނޭޝަނަލް ސާވިސް ޕްރޮގްރާމަށް 1،200 އަށްވުރެ ގިނަ ހުށަހެޅުން

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ.

ދިވެހި ސިފައިންގެ ބަޔަކު --

ދިވެހިރާއްޖޭގެ ވަތަނީ ހިދުމަތުގެ ޕްރޮގްރާމު ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ސާވިސް ޕްރޮގްރާމުގައި ބައިވެރިވުމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރުމަށް ކުރިމަތިލާފައިވާ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށް ވެސް ތަމްރީނު ފުރިހަމަ ކުރުމުގެ ފުރުސަތު ދޭނެ އެވެ.

މިނިސްޓްރީން ބުނީ ތަމްރީނަށް ޒުވާނުން ނަގަމުންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ކަމަށެވެ. ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުކޮށް އަނެއް ބުރު ފަށާނެ ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ؛

  •  އެޕްލައިކޮށްފައިވާ ކޮންމެ ޒުވާނަކަށް ވެސް ތަމްރީނުން ޖާގަ ލިބިފައިވާ ގޮތުގެ މައުލޫމާތު ދޭނެ
  •  ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސް ކުރެވިފައިވާ ފަރާތްތަކާއި، ފުރަތަމަ ބުރުގެ ރިޒާވް ކެންޑީޑޭޓުންގެ ގޮތުގައި ޝޯޓްލިސްޓުވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މައުލޫމާތު ދޭނެ
  •  ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ
  •  ކޮންމެ ކެނޑިޑޭޓަކަށް އެނެމް ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވެ، ސެލެކްޝަން ޕްރޮސެސްގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ

މި ހިދުމަތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.