ގއ. ވިލިނގިލީ އުރީދޫ އެންޓަނާއަށް ހޮނުއަޅާ ހިދުމަތް ކެނޑި، ގެއަކަށް ބޮޑު ގެއްލުމެއް

ގދ. ވިލިނގިލީ އުރީދޫ އެންޓަނާ ކައިރީގައި ހުންނަ ކެޔޮފީނި ގޭގައި ގެންގުޅޭ ހުރިހާ އިލެކްޓޯނިކް އާލާތްތަކެއް ވަނީ ހަލާކުވެފަ އެވެ. މި މައްސަލާގައި އެ ގޭގެ މީހުން ދަނީ އުރީދޫން އަޅާ ނުލާކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

ވިލިނގިލީގައި ހުންނަ އުރީދޫ އެންޓަނާއަށް ހޮނު އެޅުމުގެ ސަބަބުން ގެއްލުންވި ގޭގެ ކައިރި ފުލުހުން ބަންދުކޮށްފައި

ވިލިނގިލިން މިއަދު ހެނދުނު ފެށިގެން ވަނީ އުރީދޫގެ ފޯނުގެ ހިދުމަތް ކެނޑިފަ

ގއ. ވިލިނގިލީގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންޓަނާ އަށް މިއަދު ހޮނުއަޅައި، އެ ރަށުން ކަރަންޓު ކެނޑި އެންޓަނާ ކައިރީ ހުންނަ ގޭގެ ހުރިހާ އިލެކްޓްރޯނިކް އާލާތް ތަކެއް ހަލާކު ވެއްޖެ އެވެ. 

ވިލިނގިލީގައި ހުންނަ އުރީދޫ އެންޓަނާއަށް މިއަދު ހެނދު ހޮނު އެޅުމުގެ ސަބަބުން ވިލިނގިލިން އުރީދޫގެ ފޯނުގެ ހިދުމަތް ވަނީ ކެނޑިފަ އެވެ. އަދި ހޮނު އެޅުމުގެ ސަބަބުން އެންޓަނާ ކައިރީގައި ހުރި އެ ރަށު ކެޔޮފީނި ގޭގައި ގެންގުޅޭ ހުރިހާ އިލެކްޓްރޯނިކް ސާމާނެއް ހަލާކުވުމުގެ ސަބަބުން، އެ ގޭގެ މީހުން މިއަދު ހެނދުނުން ފެށިގެން ތިބީ ގެއިން ބޭރުގަ އެވެ. 

ހުރިހާ އިލެކްޓްރޯނިކް ސާމާނެއް ހަލާކުވި ކެޔޮފީނި ގެއިން ވާހަކަ ދެއްކި އަތީގު ބުނި ގޮތުގައި މިއީ އެ ގެއަށް އަލަށް ދިމާވި މައްސަލައެއް ނޫން ކަމަށާއި، މީގެ ކުރިން ވެސް މި މައްސަލަ ވަނީ ދިމާވެފަ އެވެ. އަދި މިކަން ދިމާވަނީ އުރީދޫން އެންޓަނާ ޖެހިއިރު ހަދާފައިވާ ގޯހެއްގެ ސަބަބުން ކަމަށާއި، ނަމަވެސް އެ ގެއަށް ލިބޭ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުނަގާ ކަމަށެވެ.

"މިއަދު ވެސް މަންމަ އެކަނި ގޭގައި އިންދަ ހޮނު އަަޅައިގެން ގޭގެ ކަރަންޓު ބޯޑާއި ފުރާޅުގައި ހުރި ސޯލާ ސިސްޓަމްގެ އިތުރުން އޭސީ އާއި ޑީފްރިޖު ފަދަ ހުރިހާ އެއްޗެއް ހަލާކުވީ. އެކަމަކު މިކަމުގައި އުރީދޫން އަޅާވެސް ނުލާ. މީގެ ކުރިންވެސް މިފަދަ ކަމެއް ހިނގައިގެން ގެއްލުން ވެއްޖެ. މިއީ ފުރަތަމަ ފަހަރެއް ނޫން މިހެންވި،" އަތީގު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މި ހާދިސާ ހިނގުމާއެކު މިފަހަރުވެސް ގދ. ތިނަދޫން އުރީދޫގެ ޓެކްނީޝަނުންގެ ޓީމެއް އައިސްފައިވާ ކަމަށާއި، ނަމަވެސް މިފަހަރު ޓެކްނީޝަނުންނަށް ގެއަށް ވަންނަން ފުރުސަތު ދޭން އާއިލާއިން ބޭނުން ނުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ކުރިން ފަހަރުވެސް ލިބުނު ގެއްލުމަށް އުރީދޫން އެއްވެސް ބަދަލެއް ދީފައި ނެތުމެވެ.

"ކުރިން ފަހަރު މިހެންވީމަ ވެސް އައީ ޓެކްނީޝަނުން. އައިސް މައްސަލަ ހައްލުކުރީ. އޭގެފަހުން ހަބަރެއް ނުވޭ. ކައުންސިލް މެދުވެރިކޮށް އުޅުމުންވެސް އުރީދޫން އެއްވެސް ހަބަރެއް ނުވޭ. އުރީދޫއިން މިފަހަރު މިއައީ ފުލުހުން ގޮވައިގެން. އެކަމަކު އަޅުގަނޑުމެން ފުރުސަތު ދޭ ގޮތަކަށް ނޫން މިތިބީ. އުރީދޫގެ އެއްވެސް ވެރިއަކު ގުޅާ ވެސް ނުލާ. މި ފޮނުވަނީ ޓެކްނީޝަނުން،" އަތީގު ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.