މޯލްޑިވިއަން ބޭރު ދަތުރުތައް އިތުރުކޮށް ޗައިނާގެ ޝިންޒެންއަށް

ރާއްޖޭގެ އެއްވަނަ ޓޫރިޒަމް މަންޒިލް ކަމަށްވާ ޗައިނާގެ ޝިންޒެން ސިޓީއަށް މިއަދު ވަނީ ފުރަތަމަ ފުލައިޓް ޖައްސާފަ އެވެ. މިއީ މޯލްޑިވިއަންއިން ދަތުރު ކުރަން ފެށި ޗައިނާގެ ހަތަރު ވަނަ މަންޒިލެވެ.

މޯލްޑިވިއަންގެ ބޯޓެއް ޗައިނާ ޝިންޒެން އެއާޕޯޓުގައި

މޯލްޑިވިއަން އިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށް ޗައިނާގެ ޝިންޒެން ސިޓީއަށް އުދުހުންތައް މިއަދު ފަށައިފި އެވެ. 

ރާއްޖޭގެ އެއްވަނަ ޓޫރިޒަމް މަންޒިލް ކަމަށްވާ ޗައިނާގެ ޝިންޒެން ސިޓީއަށް މިއަދު ވަނީ ފުރަތަމަ ފުލައިޓް ޖައްސާފަ އެވެ. މިއީ މޯލްޑިވިއަންއިން ދަތުރު ކުރަން ފެށި ޗައިނާގެ ހަތަރު ވަނަ މަންޒިލެވެ. 

މި އަހަރުގެ ޖެނުއަރީ މަހު މޯލްޑިވިއަނުން ގެނައި ވައިޑްބޮޑީ މި މަތިންދާބޯޓަކީ އެއްފަހަރާ 260 މީހުންނަށް ދަތުރުކުރެވޭނެ އެވެ. މި ފުލައިޓުގައި ތިން ކްލާސް އޮވެ އެވެ. ބިޒްނަސް އަދި ޕްރިމިއަމް އިކޮނޮމީއާއި އިކޮނޮމީ ކްލާހުގެ ގޮނޑިތައް މި ފުލައިޓުގައި ހުންނައިރު 10 ޓަނުގެ ކާގޯ މި ބޯޓުގައި އުފުލޭނެ އެވެ. 

ގައުމީ އެއާލައިންއަކީ ސީޕްލޭން އާއި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން ހިދުމަތް ދޭ ކުންފުންޏެވެ. އަދި އިންޓަނޭޝަނަލް ދަތުރުތަކުގައި މިވަގުތު ދަނީ އިންޑިއާގެ މަންޒިލްތަކަށެވެ. މިހާތަނަށް މޯލްޑިވިއަން އެންމެ ދުރަށް ޝެއިޑުލްކޮށް ދަތުރުކުރީ ޗައިނާ އަށެވެ. ގައުމީ އެއާލައިންއަކީ މި ދާއިރާގެ އެންމެ ބޮޑު ޓީމް އޮތް ކުންފުންޏެވެ. އެންމެ ކުޅަދާނަ އިންޖިއަރުން ތިބި ކުންފުންޏެވެ. 

ގައުމީ އެއާލައިންއަކީ ރާއްޖެއަށް ޖައްސާ 90 ޕަސެންޓް އެއާލައިން ލައިން މެއިންޓަންސް ހިދުމަތް ދޭ ކުންފުންޏެވެ. މި ކުންފުނިން މިހާރު ފްލައިން ސްކޫލެއް ވެސް ހިންގަ އެވެ. އަދި 16 އެއާޕޯޓަށް ދަތުރު ކުރެ އެވެ. މި ކުންފުނިން 4 އެއާޕޯޓެއް ހިންގަ އެވެ. މިއީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏެވެ. ގައުމީ އެއާލައިންއިން ދަނީ އަހަރު އެއް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެމުންނެވެ. އަދި އަހަރު 50،000 ފްލައި ސައިކަލް އަޅަ އެވެ. އަދި ސީޕްލޭން 11 ބޯޓާއި ޑޮމެސްޓިކް ދަތުރުތަކަށް ޑޭޝް 8 ގެ ހަ ބޯޓެއް ދުއްވަ އެވެ. އަދި ހަތަރު އޭޓީއާރު ބޯޓު ވެސް ބޭނުން ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.