ފޮނަދޫ ޕޯޓު ބަންކަރިން ހިދުމަތް ދެވޭ ގޮތަށް ތަރައްގީ ކުރަން ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓްރީން ރާއްޖެ އާއި ބޭރުގެ އިންވެސްޓަރުންނަށް ޝައުގުވެރިކަމަަށް ހުޅުވާލި ފުރުސަތުގައިވާ ގޮތުން ފޮނަދޫ ބަންދަރު ތަރައްގީ ކުރަނީ ބަންކަރިން އާއި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށެވެ.

ލ. ފުނަދޫ : ބަންކަރިން ހިދުމަތް ދެވޭ ފެންވަރަށް ޕޯޓް ތަރައްގީ ކުރަން ވަނީ ހުޅުވާލާފަ

އެންމެ ގިނަ އާގު ބޯޓު ފަަހަރު ދަތުރުކުރާ އެއް މަގު ކަމަށްވާ އަ ހާފް ޑިގްރީ ޗެނަލްގައި އޮންނަ ލ. ފޮނުދޫ ޕޯޓު ބަންކަރިން ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރަން ހުޅުވާލައިފި އެވެ. 

އިކޮނޮމިކް މިނިސްޓްރީން ރާއްޖެ އާއި ބޭރުގެ އިންވެސްޓަރުންނަށް ޝައުގުވެރިކަމަަށް ހުޅުވާލި ފުރުސަތުގައިވާ ގޮތުން ފޮނަދޫ ބަންދަރު ތަރައްގީ ކުރަނީ  ބަންކަރިން އާއި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށެވެ. 

މި ޕްރޮޖެކްޓުގައި ހިމެނޭ ބައިތައް

  •  ބޮޑެތި ކާގޯ އުޅަނދުތަކާއި ތެޔޮ ޓެންކަރުތައް ކައިރިކުރެވޭ ފުންމިނުގެ ޑީޕް ވޯޓާ ބަނދަރެއް
  •  މިތަނުން ބަންކަރިން އާއި ޓްރާންސިޓިން އުޅަނދުތަކަށް ތެޔޮ ސަޕްލައިކުރެވޭނެ
  •  މިތަނުގައި ނުވަލް ފްލޯޓިން ފްލޯޓިން ޓޭންކްތައް ހިމެނޭ ގޮތަށް ފިއުލް ސްޓޯރޭޖް އިންފްރާސްޓްރަކްޗާ ހުންނާނެ
  •  މެރިން ސަޕޯޓް އިންފްރާސްޓްރަކްޗާ ހުންނާނެ
  •  ހުރިހާ މޫސުމެއްގައި ވެސް ބަނދަރު ހިންގުމަށް ހިދުމަތްދެވޭ ގޮތް ހުންނާނެ
  •  ފެނާއި ތެޔޮ އަދި ލޮޖިސްޓިމް ހިދުމަތް ދޭން ބިން ހިއްކާނެ

މި މަޝްރޫ އަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ ހަތެއް އޮގަސްޓް 2025 އެވެ. 

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ބަންކަރިންގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ވިޔަފާރި ފަށާފައިވަނީ މިދިޔަ އަހަހުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތް ފެށީ އުތުރުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިދުމަތް ދޭން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓްއެއް ގާއިމްކޮށްގެންނެވެ. އެ ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް 200އަށްވުރެ ގިނަ އާގުބޯޓުފަހަރާއި އެނޫންވެސް އެތައް އުޅަނދުތަކެއް ދަތުރުކުރާ ސަރަޙައްދެކެވެ. އެ ބޯޓުފަހަރުގައި އެތައް ބިލިއަން ޑޮލަރުގެ މުދާ ކޮންޓެއިނަރުތަކުގައި މި ސަރަޙައްދުން އުފުލައެވެ. މި ވިޔަފާރި ފެށުމަށްފަހު އެސްޓީއޯ އިން ބައެއް ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދަނީ ދެމުންނެވެ. ސަރުކާރުން މި ވިޔަފާރި ފެށުމާއެކު ބުނެފައިވަނީ ފުރަތަމަ އަހަރު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.