މާފަރު އެއާޕޯޓް ތަރައްގީކޮށް، ވައިޑް ބޮޑީ ބޯޓުތަކަށް ހުޅުވާލައިފި

މި އެއާޕޯޓް ރަސްމީކޮށް އެއާޕޯޓް ހުޅުވީ 23، ޖެނުއަރީ 2018 ގަ އެވެ. އަދި ކޮމާޝަލް ދަތުރުތައް ފެށީ 1، ޑިސެމްބަރު 2019 ގަ އެވެ. އަދި ބޮޑު ބޯޓު ޖައްސޭ ފެންވަރަަށް ތަރައްގީކޮށް ނިންމާލީ މިދިޔަ ޑިސެމްބަރު މަހު އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަން ބޮޑު ބޯޓެއް ޖައްސާފަ -- ޕީއެސްއެމް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އަށް ވައިޑް ބޮޑީ މަތިންދާ ބޯޓަށް ޖެއްސޭ ވަރަށް ތަރައްގީކޮށް ހުޅުވައިފި އެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު އަދި ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން މި އެއާޕޯޓަށް ފައިނޭންސް ކުރާ އަބޫދާބީ ފަންޑުގެ އިސްވެރިންވެސް ބައިވެރިވަޑައިގަތެވެ. 

ގައުމީ އެއާލައިންއިން ބަލަހަަށްޓަކުން ގެންދާ މި އެއާޕޯޓު ހުޅުވުމަށްފަހު ހިންގި ތަރައްގީ ކުރުމުގެ ދެވަނަ މަަޝްރޫއު ނިމިގެން ދިއުމާއެކު މިހާރު މި އެއާޕޯޓްވެފައިވަނީ ވިއައިއޭ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ވަައިޑް ބޮޑީ ބޯޓު ޖެއްސޭ ހަމައެކަނި އެއާޕޯޓަށެވެ. 

މާފަރު އެއާޕޯޓުގެ ޓައިމްލައިން

  •  ރަސްމީކޮށް އެއާޕޯޓް ހުޅުވީ 23، ޖެނުއަރީ 2018 ގަ
  •  ކޮމާޝަލް ދަތުރުތައް ފެށީ 1، ޑިސެމްބަރު 2019 ގަ
  •  ދެވަނަ ފިޔަވަހި 2023 ފަހުކޮޅު
  •  ދެވަނަ ފިޔަވަހި ނިންމާލީ މިދިޔަ ޑިސެމްބަރު މަހު
  •  ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކުރި
  •  ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު ބޮއިން 777-އީއާރް300 ފްލައިޓް ޖެއްސޭނެ

ނޫނު އަތޮޅުގައި ހުންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑްކޮށް ވައިޑް ބޮޑީ މަތިން ދާބޯޓުތައް ޖާގަ ދިނުމާއި އޮޕަރޭޝަނަލް އެފިޝަންސީ ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި އަޕްގްރޭޑުގެ ދަށުން ރަންވޭ 2.2 ކިލޯމީޓަރުން 2.8 ކިލޯމީޓަރަށް ފުޅާކޮށް، ބޮއިން 777 އަދި އެއާބަސް އޭ330 ފަދަ ބޮޑެތި މަތިންދާބޯޓުތައް އެއާޕޯޓަށް ގެންގުޅެވޭނެ ގޮތް ހަދާނެ އެވެ. މީގެ އިތުރުން އޭޕްރަން ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކޮށް، ޕާކިން ޖާގަ 13 ޖެޓުން 26 ޖެޓަށް ބޮޑުކޮށްފައިވެ އެވެ. 

އެމްއައިއޭ ޑިވެލޮޕް ކުރީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި އެއާޕޯޓް ތަރައްގީ ކުރީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ. އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާ އެކުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.