ޖޭއެސްސީގެ އާންމު މެމްބަރުކަމަށް 8 ބޭފުޅަކު ކުރިމަތިލައްވައިފި

ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެމްބަރަކު އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ޖޭއެސްސީ -- ފޮޓޯ: ޕީއެސްއެމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން އައްޔަނުކުރާ މެމްބަރުކަމަށް، އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. 

ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެމްބަރަކު އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މިދިޔަ މަހުގެ ތެރޭގައި، މަޖިލީހުން އެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ، އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ މަހު ހަމަވާތީ އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ޖޭއެސްސީގައި އާންމުންގެ ފަރާތުން އިންނަވާ މެމްބަރުކަމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ނަން އިއުލާނުކުރައްވައިފަ އެވެ. 

  •  އިބްރާހިމް ޒާހިދު، ލިލީމާގޭ، ގދ. ވާދޫ
  •  އަހުމަދު އަލީ، ހުޅުމާލެ
  •  އަލީ އާމިރު، މއ. ޕެންޒީވިލާ
  •  އިދުރީސް ފައުޒީ ފަހިވާގެ، ލ. ކަލައިދޫ
  •  އަހުމަދު ޝާފިއު، އުދަރެސް، ހއ. އިހަވަންދޫ
  •  ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަމްބަރު 1325
  •  ހަސަން ވަހީދު، ރަންކޮކާގެ، ހދ. ކުރިނބީ
  •  އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު ރސ. 1851

މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އެ އަށް ބޭފުޅުން ނަން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. 

ޖޭއެސްސީގައި ތިބޭނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.