އެ ކުއްލި މައްސަލާގައި ވަނީ ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، ކުރިން ނެތް ޝަރުތަކާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން މަޖުބޫރު ކުރުވަމުންދަނީ، ކޮންޓްރެކްޓާ ބެހޭ ގާނޫނަށް ހިލާފަށް ކަމަށް ބުނެފަ.
ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލުގެންނާތީ އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، ކުރިން ނެތް ޝަރުތަކާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން މަޖުބޫރު ކުރުވަމުންދަނީ، ކޮންޓްރެކްޓާ ބެހޭ ގާނޫނަށް ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ބޭރުކޮށްލާފައިވަނީ، 34 މެމްބަރުންގެ ވޯޓާ އެކު އެވެ. މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ.
ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނީ ގާނޫނީ ފުށޫއެރުން ތަކެއް ހުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ގޯއްޗަކުން ބައެއް ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.
އަދި، އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގޯތިތަކަށް ކުރިން ހަދާފައިވާ އެއްބަސްވުންތައް ބާތިލްކޮށް، އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެއްވަނަ ދުވަހު އެވެ.