މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިޒްރޭލު ސިފައިން ތިބި ޓޭންކްއަށް ހަމަލާ ދިނުމަށްފަހު ހަމަލާގައި އަނިނާވި މީހުންނަށް ފަރުވާ ދޭން އައި އިޒްރޭލު ސިފައިންނަށް ދިން ކާމިޔާބު ހަމަލާއެއްގަ އެވެ.
ހަމާސްގެ ހަނގުރާމަވެރިން ދިން ކުއްލަ އަދި ރޭވުންތެރި ހަމަލާއެއްގައި އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން ބަޔަކު މަރާލައި ބޮޑު ގެއްލުމެއް ދީފި، ބައެއް ސިފައިން ރަހީނުކޮށްފި އެވެ.
އަލް ޖަޒީރާއިން ބުނި ގޮތުގައި ގައްޒާވެ އުތުރުގެ ބައިތު ހަނޫންގައި އިޒްރޭލު ސިފައިންނާ ދެކޮޅަށް ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާގައި މަދުވެގެން ހަ މީހަކު މަރުވެފައިވާއިރު އެކަކު ވަނީ ގެއްލިފަ އެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި ސިފައިންގެ އަދަދު 14 އަށް އަރަ އެވެ. އަދި ސިފައިންގެ ދެ މީހަކު ހަމާސްގެ ހަނގުރާމަވެރިން ރަހީންކޮށްފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިޒްރޭލު ސިފައިން ތިބި ޓޭންކްއަށް ހަމަލާ ދިނުމަށްފަހު ހަމަލާގައި އަނިނާވި މީހުންނަށް ފަރުވާ ދޭން އައި އިޒްރޭލު ސިފައިންނަށް ދިން ކާމިޔާބު ހަމަލާއެއްގަ އެވެ.
ހަމާސްގެ ހަނގުރާމަވެރިން މި ހަމަލާ ދީފައިވަނީ މީގެ ހަފުތާއެއް ކުރިން ދިން ހަމަލާއެއްގައި ދިން ހަމަލާއެއްގައި އިޒްރޭލުގެ ސިފައިންގެ ހަތް މީހަކު މަރާލި ހާދިސާގެ ހިތި ނުފިލާ އުޅެނިކޮށެވެ. އަދި ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުގެ ސިފައިންގެ 30 ސިފައިން މަރާލާފައިވެ އެވެ.