ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ 175 ރިސޯޓެއްގައި ޖުމްލަ 44,047 އެނދު އެބަހުއްޓެވެ. އަދި 870 ގެސްޓްހައުސްގައި ޖުމްލަ 14,756 އެނދު ހުރި ކަމަށް ދައްކަ އެވެ.
ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ހުރި އެނދުގެ އަދަދު އަދަދު ބޮޑުތަނުން އިތުރުވެ 64،000 އަށްވުރެ މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން މިހާރު 64,275 އެނދު އެބަހުއްޓެވެ.
މި އެނދުގެ ތެރޭން 68% އެނދަކީ ރިސޯޓްތަކުގައި ހުރި އެނދުތަކެވެ. އަދި 23% އެނދު ގެސްޓްހައުސްތަކުގައި ހުރިއިރު ހޮޓާތަކުގެ އެނދުގެ އަދަދު ހުރީ 4% ގަ އެވެ. އަދި 5% ހިއްސާ ކުރަނީ ސަފާރީ އުޅަނދު ފަހަރެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ 175 ރިސޯޓެއްގައި ޖުމްލަ 44,047 އެނދު އެބަހުއްޓެވެ. އަދި 870 ގެސްޓްހައުސްގައި ޖުމްލަ 14,756 އެނދު ހުރިއިރު ރާއްޖޭގެ ސަފާރީއެއްގައި 159 ޖުމްލަ 3,162 ހުރި ކަމަށް ދައްކަ އެވެ. މީގެ އިތުރުން 16 ހޮޓެއްގައި 2,310 އެނދު އެބަހުއްޓެވެ.
މިއަހަރުވެސް ގިނަ އަދަދެއްގެ ރިސޯޓްތައް ހުޅުވޭނެ ކަމަށް ބެލެވެ އެވެ. މި އަހަރު އެންމެ މަދުވެގެން ފަސް ރިސޯޓް ހުޅުވާނެ އެވެ. އަދި ސަރުކާރުން ވަނީ އިތުރު 31 ރިސޯޓެއް ފަޅާއި ރަށް ހިމެނޭހެން އިއުލާނުކޮށްފަ އެވެ.