ބިމާ ބެހޭ ގާނޫނުގައިވާ މާއްދާގެ ސްކްރީން ޝޮޓަކާއެކު މިނިސްޓަރު ވަނީ ބިންވެރިޔާ ގޯތިވެރިންނަށް ހެދި އެއްބަސްވުން އަލުން ހަދަން ޖެހުނު ސަބަބު ސާފުކޮަށްދެއްވާފަ އެވެ.
ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނީ ގާނޫނީ ފުށޫއެރުން ތަކެއް ހުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތޮލިބު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ. ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާތީ ކަމަށެވެ.
ނޫހެއްގައި ލިޔެފައިވާ ހަބަރެއް އެކްސްގައި ހިއްސާ ކުރައްވައި މިނިސްޓަރު ވަނީ ގާނޫނީ ގޮތުން ފުށޫއަރާ މާއްދާތައްވެސް އާއްމުންނަށް ފެންނާނެ ހެން ހިއްސާ ކުރައްވާފަ އެވެ. މިނިސްޓަރު ހިއްސާ ކުރެއްވި ޕޯސްޓުގައިވާ ގޮތުން ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ގޯއްޗަކުން ބައެއް ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.
އަދި، އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގޯތިތަކަށް ކުރިން ހަދާފައިވާ އެއްބަސްވުންތައް ބާތިލްކޮށް، އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެއްވަނަ ދުވަހު އެވެ.