ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރަކަށް "ޓޫ އޮފް އަސް"

ވިޒިޓް މޯލްޑިވްސް އިން އިއުލާނުކޮށްފައިވާ ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރި ޕްރޮގްރާމެކެވެ.

ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމްގެ ފުރަތަމަ ބައިވެރިއެއްގެ ގޮތުގައި "ޓޫ އޮފް އަސް" ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ރާއްޖޭގެ އުފެއްދުންތައް ދުނިޔެއަށް ޕްރޮމޯޓް ކުރުމަށް ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރެއްގެ ގޮތުގައި މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ހަމަޖައްސައިފި އެވެ.

ވިޒިޓް މޯލްޑިވްސް އިން އިއުލާނުކޮށްފައިވާ ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ދިވެހި އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ހަމަޖައްސާފައިވާ ކަމަށް މިއަދު އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ.

"ޓޫ އޮފް އަސް" ބޭންޑް މަޝްހޫރުވެފައި ވަނީ އިންޑިއާގެ ރިއަލިޓީ ޝޯ، "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކޮށްގެންނެވެ. އެ ޝޯއިން އެ ބޭންޑު ވަނީ ތިންވަނަ ހޯދައިފަ އެވެ. އެ ޝޯގައި ލިބުނު ކާމިޔާބީއާއެކު ދިވެހިންގެ ލޯބި ވެސް ވަނީ ހޯދައިފަ އެވެ.

އޭގެ ފަހުން އެ ބޭންޑުން ވަނީ އޮލިމްޕަހުގައި ހައުސްފުލް ދެ ޝޯ ދީފަ އެވެ. އަދި އެކިއެކި އިވެންޓްތަކާއި ބޮޑު އީދުގައި ވެސް މިފަހަރު އެންމެ ޑިމާންޑް ބޮޑުވި އެއް ބޭންޑަކީ "ޓޫ އޮފް އަސް" އެވެ.

ވިޒިޓް މޯލްޑިވްސްއިން ދިވެހި އެމްބެސެޑަރުން ހޯދުމުގެ މަގުސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަގާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެ އާ ހިއްސާކުރުމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވިޒިބިލިޓީ ލިބިގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.