އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލް ޑްރަގް މައްސަލައެއްގައި އުމުރަށް ޖަލަށް

ނަބީލް އުމުރަށް ޖަލަށް ލުމުގެ އިތުރުން، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ކޯޓުން އަމުރުކޮށްފަ އެވެ. މި މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ނުލިބޭތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރަމުން ދިޔަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) --

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް)ގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ނަބީލްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޭނާ އާއި ހދ. ކުޅުދުއްފުށި، ބިޗާނާގެ، އާދަމް މުހައްމަދު މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް އޮކްޓޯބަރު 31، 2017 ގައި ލިބުނު މައުލޫމާތާއި ގުޅިގެން އެމީހުން އުޅޭ ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން އެމީހުން ހައްޔަރު ކުރި ބްރައިޓްބްލޫގެ ބަލައިފާސްކުރިއިރު 20.7 ގްރާމް ކެނެބިސް ފެނިފައިވާއިރު، ނަބީލް ދިރިއުޅޭ ގ. ކަމަރާގެއިން ވެސް ވަނީ މަސްތުވާތަކެތި ފެނިފަ އެވެ. އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ދިޔައީ އެގޭގައި ވެސް މަސްތުވާތަކެތި ހުންނާނެ ކަމަށް ނަބީލް ބުނުމުންނެވެ.

އެގޮތުން، ނަބީލް ދިރިއުޅޭ ކޮޓަރީގެ އަލަމާރީގެ މަތީ ޝެލްފުގައި އޮތް ޖޫސްޕެޓީ ކޮތަޅަކުން 31.3 ގްރާމް ޑައިމޯފިން ފެނިފައިވާއިރު، ފިލްމު ހުސްކުރި އަށް ދަޅުގައި 231 ގަރާމް ކެނެބިސް އާއި އަލަމާރީގެ ތިރީ ވަތްގަނޑުން ފިލްމު ހުސްކުރި ދަޅެއްގައި ހުރި 25.7 ގްރާމް ކެނެބިސް ފުލުހުންނަށް ވަނީ ފެނިފަ އެވެ. އޭގެ އިތުރުން ފިލްމު ހުސްކުރި އެހެން ތިން ދަޅަކުން 85.8 ގްރާމް ކެނެބިސް ވެސް ވަނީ ފެނެފަ އެވެ.

މި މައްސަލަ ސާބިތުވެ، ނަބީލް އަދި އާދަމް މުހައްމަދު އުމުރަށް ޖަލަށް ލުމުގެ އިތުރުން، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ކޯޓުން އަމުރުކޮށްފަ އެވެ. 

އަންހެން ހެދުމާއި ނިވައިކަން ކުޑަ ހެދުން އަޅައި މުޖުތަމައުގެ އާންމު މިންގަނޑުތަކާ ހިލާފުވެގެން އެތައް ފަހަރަކު އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ.

އަދި، ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރުމުގެ މައްސަލައެއް ސާބިތުވެ، 2022 ވަނަ އަހަރު ވަނީ އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްވެސް ލައިފަ އެވެ. އެފަހަރު ޖަލަށްލާފައި ވަނީ ޓިކްޓޮކް ލައިވެއްގައި ޖިންސީ ގުނަވަން ދައްކައިގެންނެވެ.

ޖަލުން މިނިވަން ވެގެން ވެސް އޭނާ ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެން ވީޑިއޯތައް އާންމުކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.