މޮރޮކޯ ސްކޮލަޝިޕަށް ހުޅުވާލައިފި

އެ އިއުލާނުގައި ބުނެފައި ވަނީ ސްކޮލަޝިޕްގެ ދަށުން ގިނަ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފްރެންޗް ބަހުން ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

މޮރޮކޯ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ، މޮރޮކޯގައި ކިޔެވުމަށް ތިން ލެވެލަކުން ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ؛

  •  ބެޗްލާސް ޑިގްރީގެ 7 ފުރުސަތު
  •  މާސްޓާސް ޑިގްރީގެ 8 ފުރުސަތު
  •  ޕީއެޗްޑީގެ 5 ފުރުސަތު

އެ އިއުލާނުގައި ބުނެފައި ވަނީ ސްކޮލަޝިޕްގެ ދަށުން ގިނަ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފްރެންޗް ބަހުން ކަމަށެވެ. އެހެންކަމުން ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުގެ ތެރެއިން އެ ބަސް ނޭންގޭ ފަރާތްތަކަށް ބަސް ދަސްކޮށްދިނުމަށް ކޯހެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި، އިސްލާމީ ތަރުބިއްޔަތާއި، އަރަބި ބަސް އަދި އަރަބިކް ލިޓަރޭޗާ ކޯސްތަކަށް އަރަބި ބަސް އެނގުން ލާޒިމްކުރާ ކަމަށް ވެސް އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.

މި ސްކޮލަޝިޕަށް އެދި އޮންލައިން އެޕްލިކޭޝަން ފޮނުވޭނެ އެހެން ފަހު ދުވަހަކީ މިމަހުގެ 13 ވަނަ ދުވަހުގެ 12:00 ކަމަށް ވެސް ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.