ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް މިމަހު ރާއްޖެއަށް 28,354 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ ކުރި އަހަރުގެ މި މުއްދަތުގައި އައި 24,627 ޓޫރިސްޓުންނާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަންގެ ދުވަސްތަކުގައި އެވްރެޖު ގޮތެއްގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނާނީ 4،000 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރު މި އަދަދު 5،000 އަށް އިތުރުވުމަށްފަހު މިމަހުގެ ފަސް ވަނަ ދުވަހަކީ ރާއްޖެއަށް 6،000 ޓޫރިސްޓުން އައި ދުވަހެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް މިމަހު ރާއްޖެއަށް 28,354 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ ކުރި އަހަރުގެ މި މުއްދަތުގައި އައި 24,627 ޓޫރިސްޓުންނާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ ކުރީ އަހަރު އައިސްފައިވާ އެއް މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 9.3 ޕަސެންޓުގެ އިތުރުވުމެކެވެ.
ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭން މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 148,951 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ.އެ ގައުމުން 130,947 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިނގިރޭސިވިލާތުން މި އަހަރު 110,289 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މީގެ ދެ އަހަރު ކުރިން ރާއްޖޭގެ ޓޫރިޒަމްގެ އެއް ވަނާގައި އޮތް އިންޑިއާއިން މިހާތަނަށް އައިސްފައިވަނީ 68,027 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިިލިއަން ހަމަ ކުރުމެވެ. މި ޓާގެޓަށް ދާން ސަރުކާރުން މަސައްކަތް ކުރާއިރު މިމަހު ހުޅުވާ ވީއައިއޭގެ އާ ޓާމިނަލްގެ ސަބަބުން މި ޓާގެޓަށް ވާސިލްވާން ފަސޭހަ ވެގެންދާނެ އެވެ.