އެލްޖީއޭއިން ސައުދު ތިން މަހަށް އަދި ނަސްރުﷲ އެއް މަހަށް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ބާތިލު ކުރުމަށް ސިވިލް ކޯޓަށް އިއްޔެ ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
ގާނޫނާއި ގަވާއިދާ ހިލާފަށް ތިނަދޫ ސިޓީ ކައުންސިލުން އަމަލު ކުރަމުންދާ ކަމަށް ބުނެ، އެ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މުސާރަ ނުހިނގާ ގޮތަށް އެ ދެ ބޭފުޅުން ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ސަސްޕެންޑް ކޮށްފައި ވަނީ ދެ ބޭފުޅުންގެ 19 މައްސަލައެއް ބެލުމަށްފަހު ހެދި އިންކުއަރީއަށްފަހު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެލްޖީއޭއިން ސައުދު ތިން މަހަށް އަދި ނަސްރުﷲ އެއް މަހަށް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ބާތިލު ކުރުމަށް ސިވިލް ކޯޓަށް އިއްޔެ ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
އިންކުއަރީއަށްފަހު އެލްޖީއޭ އިން ވަނީ ކައުންސިލްގައި ހުރި މައްސަލަތައް ފާހަގަކޮށް ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި؛
އެލްޖީއޭ އިން ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގައި ބުނާ މަސްއޫލިއްތުތަކާއި ވާޖިބުތައް އެކަށީގެންވާ ގޮތެއްގައި އަދާ ނުކޮށް، އެ ވާޖިބުތައް އަދާކުރުމަށް ކައުންސިލުން އިހުމާލުވެފައިވާ ކަމަށެވެ.
ސަސްޕެންޑް ކުރުމުން މީގެ ކުރިން ސައުދު ވަނީ އޭނާގެ މައްޗަށް ފިޔަވަޅު އަޅާފައި ވަނީ ސިޔާސީ ގޮތުން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ތުހުމަތު ކުރަނީ އެއީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ އެލްޖީއޭއަށް ހުށަހަޅުއްވައިގެން ބެއްލެވި މައްސަލަތަކެއްގެ ގޮތުގަ އެވެ.