މިދިޔަ މެއި މަހުގެ ރިޒާވް | ތިން އަހަރުތެރޭ އެންމެ އިތުރުވި މަސް

މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 808.67 މިލިއަން ޑޮލަރެވެ. މި ވަަރަށް އެންމެ ފަހުން ރާއްޖޭގެ ޖުމްލަ ރިޒާވް އިތުރުވެފައިވަނީ 2021 ވަނަ އަހަރު އެވެ.

އެމްއެމްއޭ --އެމްއެފްއާރް

މިދިޔަ ތިން އަހަރު ދުވަހުގެ މެއި މަހަށް ބަލާއިރު ވޭތުވެދިޔަ މެއި މަހަކީ ރާއްޖޭގެ ރިޒާވް މިހާތަނަށް އެންމެ އިތުރުވި އެއް މަހެވެ.

މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 808.67 މިލިއަން ޑޮލަރެވެ. މި ވަަރަށް އެންމެ ފަހުން ރާއްޖޭގެ ޖުމްލަ ރިޒާވް އިތުރުވެފައިވަނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖޭގެ ރިޒާވް 916.37 މިލިއަން ޑޮލަރަށް އިތުރުވި އެވެ. މި އިތުރުވުން އައިސްފައިވަނީ ކޮވިޑް-19 އަށްފަހު އެކ ގައުމުތަކުން ހޯދި އެހީތެރިކަމާއި އިންޑިއާއިން ހެދި ކަރަންސީ ސްވޮޕްގެ ސަބަބުންނެވެ. 

މަރުކަޒީ ބޭންކުގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖޭގެ ރިޒާވް 808.67 މިލިއަން ޑޮލަރުގައި ހުރިނަމަވެސް މިއީ ކުރީ މަހަށްވުރެ ދަށް އަދަދެކެވެ. އެޕްރީލް ރާއްޖޭގެ ރިޒާވްގައި ހުރި ކަމަށް ދައްކަނީ 848.95 މިލިއަން ޑޮލަރެވެ. 

މި އަހަރު ރާއްޖޭގެ ޖުމްލަ ރިޒާވް

  •  ޖެނުއަރީ - 701.36
  •  ފެބްރުއަރީ - 825.57
  •  މާރިޗު - 784.42
  •  އެޕްރީލް - 848.95
  •  މެއި - 808.67

ޖުމްލަ ރިޒާވް އިތުރުވިނަމަވެސް ބޭނުން ކުރެވޭ ރިޒާވް ރާއްޖޭގައި މާބޮޑަށް އިތުރު ވެގެން ނުދެ އެވެ. މިގޮތުން އެވްރެޖުކޮށް ބޭނުންކުރެވޭ ރިޒާވްގައި ހުންނަނީ 150 އާއި 200 މިލިއަން ޑޮލަރެވެ. މިއީ ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. 

ރާއްޖޭގެ ރިޒާވް މިހާރު އިތުރުވާ ބޭރު ފައިސާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024/R-91)ގެ ދަށުން ގެނެވުނު ބަދަލާއެކު މި މުއްދަތުގެ ތެރޭގައި އެމްއެމްއޭ އަށް ލިބުނު ބޭރު ފައިސާ އިތުރުވެފައިވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.