"ފަރުމުލި" އާއި "ކަނޑިންމާހުރާ" ނ. މާފަރުގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ނ. ފަރުމުލީގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި، އެ ރަށަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފި އެވެ
"ފަރުމުލި" އާއި "ކަނޑިންމާހުރާ" ނ. މާފަރުގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ނަމަވެސް، "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ރައީސްގެ އާ ގަރާރަކުންނެވެ.
މިއާއެކު، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގައި ފަރުމުލި ވަނީ ރައީސް ކަނޑައަޅުއްވާފަ އެވެ.