އީރާނުގެ ހަމަލާތައް އިޒްރޭލުގެ ފަސް އަސްކަރީ ބޭހަކަށް އެރިކަން ހާމަވެއްޖެ

މައުލޫމާތުތަކުން އެނގޭ ގޮތުގައި ފަސް އަސްކަރީ ބޭހަކަށް ހަމަލާ އެރުމުގެ އިތުރުން އިޒްރޭލުގެ އެންމެ މުހިންމު އެއް ސައިންސާއި ޓެކްނޮލޮޖީގެ ލެބް ވެސް ވަނީ ހަލާކުވެފަ އެވެ.

އީރާނުގެ މިސައިލްތަކެއް އިޒްރޭލާ ދިމާލަށް ދަތުރު ކުރަނީ -- އޭއެޕްޕީ

އީރާނާއި އިޒްރޭލުން މިދިޔަ މަހު ބަދަލުކުރި ހަމަލާތަކުގައި އީރާނުގެ ޒަމާނީ މިސައިލްތަކުގެ އަމާޒަކަށް އިޒްރޭލުގެ ފަސް އަސްކަރީ ބޭހެއް ވެފައިވާކަން ހާމަވެއްޖެ އެވެ. 

މިކަން ހާމަވީ ހުޅަނގުގެ ނޫހެއް ކަމަށްވާ ޓެލެގްރާފުން އިޒްރޭލުގެ ނަން ހާމަނުކުރުމަށް އެދި ވާހަކަ ދެއްކި ބައެއް އޮފިޝަލުންނާ ހަވާލާދީ ޖެހި ރިޕޯޓެއްގަ އެވެ. މި ރިޕޯޓާއެކު އިޒްރޭލުގެ ނޫސްތަކުން ވެސް ސެޓެލައިޓް މައުލޫމާތުތަކުގެ މައްޗަށް މިކަން ޔަގީންކޮށްފަ އެވެ. 

އިޒްރޭލުގެ ނޫސްތަކުގައިވާ ގޮތުން އިޒްރޭލަށް ދޭ ހަމަލާތައް ސިއްރުކުރަން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ވެސް މިހާތަނަށް ހާމަވެފައިވާ ގޮތުން އީރާނުގެ ބެލެސްޓިކް މިސައިލްތަކުން ވަނީ އެ ގައުމުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މި މައުލޫމާތުތަކުން އެނގޭ ގޮތުގައި އީރާނުގެ ހަމަލާތަށް އެރި މަރުކަޒުތަކުގެ ތެރޭގައި ޓެލް ނޯފް އެއާބޭސް އާއި ގްލިލޮޓް އިންޓެލިޖެންސް ބޭސް އަދި ޒިޕޮރިޓް އާމޯ އެންޑް ހަތިޔާރު އުފެއްދުމުގެ ބޭސް ވެސް ހިމެނެ އެވެ. މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އީރާނުގެ 36 މިސައިލެއް ވަނީ އިޒްރޭލުގެ މުހިންމު ޓާގެޓުތަކަށް އަރާފަ އެވެ. 

އީރާނުގެ ހަމަލާތައް އެރި ތަންތަނުގެ ތެރޭގައި އިޒްރޭލުގެ އެންމެ މުހިންމު އެއް ސައިންސާއި ޓެކްނޮލޮޖީގެ ލެބް ކަމަށްވާ ވިޒްމަން އިންސްޓިޓިއުޓް ހިމެނެ އެވެ. މިއީ އެ ގައުމުން ހޯދާފައިވާ ގިނަ ހޯދުންތަކާއި ދިރާސާތަކުން ނަގާފައިވާ ގިނަ ސާމްޕަލްތަކެއް ފޮރުވާފައިވާ މުހިންމު ކޮށާރެކެވެ. މިތަނުގެ ލެބޯޓްރީއެއްކޮށް ވަނީ ހަލާކުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.