ޗައިނާ ކުންފުންޏަކުން ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފަށައިފި

ދިވެހި އަމިއްލަ ކުންފުންޏަކުން ވެސް ވަނީ ދަޅުމަަހުގެ ބާވަތްތައް އުފައްދައި ޗައިނާ އަށް އެކްސްޕޯޓް ކުރަން ފަށާފަ އެވެ.

ސަފީރު ފަޒީލް ނަޖީބު އަދި ޗައިނާގެ ކުންފުނީގެ އިސް ފަރާތެއް ފޮޓޯއަކަށް ހުއްޓިގެން -- މިނިސްޓަރު ޝިޔާމް

ރާއްޖޭން ޗައިނާ އަށް ކަނޑު މަސް ގެންގޮސްގެން ޗައިނާ ކުންފުންޏަށް ދަޅު މަސް އުފައްދަން ފަށައިފި އެވެ. 

ރާއްޖޭގެ ކަނ ޑުމަހުން މަސްދަޅު އުފައްދަން ފަށާފައިވަނ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓް އާއި "ޖިންގް ވެއިޑާއޯ ބްރޭންޑް" ގުޅިގެންނެވެ. މިއީ ރާއްޖޭން ރޯމަސް ގެންގޮސްގެން ޗައިނާގައި ދަޅު މަސް ބަންދު ކުރަން ފެށި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މިއީ ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެއްބަސްވުމުގެ ދަަށުން ޗައިނާއަށް އެތެރެކުރާ މަސް ސުން ރޭޓުގައި އެ ގައުމަށް އެތެރެ ކުރަން ފެށުމާއެކު މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ. 

ޗައިނާގެ މި ކުންފުނީގެ ދަޅު މަސްގެ ސާމްޕަލް ދެއްކުމުގެ ހަރަކާތެއް އެ ގައުމުން ވަނީ ބާއްވާފަ އެވެ. ޗައިނާގައި އޮތް މި ހަފުލާގައި ސަފީރު ފަޒީލް ނަޖީބު ބައިވެރިވަޑައިގަތެވެ. 

މިކަމާ ބެހޭ ގޮތުން ފިޝަރިޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މި މަސައްކަތަކީ ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއްކަމަށާ، އެކަމަށްޓަކައި މަރުހަބާ ކިޔާ ކަމަށެވެ. 

ރާއްޖޭން ދަނީ ޗައިނާ މާކެޓަށް މަހުގެ އުފެއްދުންތައް ނެރެން މަސައްކަތް ކުރަމުންނެވެ. ފްރީ ޓްރޭޑް އެއްބަސްވުމާއެކު ދިވެހި ކުންފުންޏަކުން މިހާރު ވަނީ ޗައިނާއަށް މަސް ދަޅު އެކްސްޕޯޓް ކުރަން ފަށާފަ އެވެ. 

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ މަގު ވަނީ ފަހިވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.