ކެލާ ފަޅުގައި ހަދާ ރިސޯޓް ލުއިތަކާއެކު އަލުން އިއުލާނު ކުރަނީ

ކެލާ ފަޅުގައި ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހުޅުވާލީ މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހު އެވެ. އެ ފަހަރު އިއުލާނުކުރީ އެ ރަށުގެ ފަޅުން 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ރަށެއް ހިއްކައި ރިސޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާ

ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކުރިން ކުރި އިއުލާނު ބާތިލްކޮށް ބޮޑެތި ލުއިތަކާއެކު އަލުން އިއުލާނު ކުރަން ނިންމައިފި އެވެ. 

ކެލާ ފަޅުގައި ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހުޅުވާލީ މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހު އެވެ. އެ ފަހަރު އިއުލާނުކުރީ އެ ރަށުގެ ފަޅުން 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ރަށެއް ހިއްކައި ރިސޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށެވެ. 

މި ބިޑުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. 

ޓޫރިޒަމް ނެތް ސަަރަހައްދުތަކަށް ޓޫރިޒަމް ގެންދަން ކުރާ މަސައްކަތުގެ ދަށުން ހއ. އާއި ހދ. އަދި ށ. އާއި ތ. އާއި ލ. ގެ އިތުރުން އައްޑޫގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މި މަޝްރޫއުތަކަށް ކުރިމަތިލާ ފަރާތްތަކަށް ދެ އަހަރުގެ މުއްދަތުގެ ލުއިތަކެއް ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.