މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށްފި

ޕަވާ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއަށް މަރުހަބާ ކިޔަނީ -- މޯލްޑިވިއަން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގެ ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށްފި އެވެ. 

މި ފިޔަވަޅު އެޅީ، މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން ބުނި ގޮތުގައި، އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކާ އެއްގޮތަށް ފަސިންޖަރުންގެ ސަލާމަތަށްޓަކަ އެވެ.

މޯލްޑިވިއަންގެ އާ އުސޫލުގެ ދަށުން، އެ އެއާލައިންގެ ފްލައިޓުތަކުގައި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން ދެ ޕަވާ ބޭންކް ކަމަށާއި އޭގެ ކެޕޭސިޓީ 100 ވޮޓް-އަވާއަށް ވުރެ އިތުރުވެގެން ނުވާނެ އެވެ.

ޕަވާ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

  • • ބޯޓަށް އެރުމަށް ފަހު ޕަވާ ބޭންކް އޮންނަން ވާނީ ފަސިންޖަރުގެ އަތުގައި ނުވަތަ ސީޓުގެ ޕޮކެޓުގައި ނުވަތަ ސީޓުގެ ދަށުގައި.
  • • ޕަވަ ބޭންކް ލަގެޖަށް ދޫކޮށްލުމާއި ބޯޓުގެ އޯވަ-ހެޑް ކެބިންއަށް ލުން މަނާ.
  • • ބޯޓު ތެރޭގައި ޕަވާ ބޭންކް ބޭނުންކޮށްގެން އެހެން ޑިވައިސްތައް ޗާޖުކުރުމާއި ޕަވާ ބޭންކް ވެސް ރީ-ޗާޖުކުރުން މަނާ.
  • • ޕަވާ ބޭންކްގެ ކަރަންޓު ކޮޅު ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަކަށް ބޭއްވުން މަނާ.
  • • ދަތުރުކުރާއިރު ގެންދާ ޕަވާ ބޭންކް، އދ. ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތެންޖެހޭނެ.

މި އުސޫލަށް އަމަލުކުރަން ފަށާނީ، މާދަމާއިން ފެށިގެން ކަމަށް މޯލްޑިވިއަންގެ ބަޔާނުގައި ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.