އިންޑިއާ އިން ބައެއް ތަކެތީގެ ޖީއެސްޓީ ކުޑަކުރަނީ

އިންޑިއާއިން މި ބަދަލު ގެންނަނީ މެދުފަންތީގެ އާމްދަނީ ލިބޭ މީހުންގެ އަތްމަތި ތަނަވަސްކޮށްދީ ފަހަށް ރައްކާ ކުރަން ފުރުސަތު ފަހި ކުރުމަށް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.

އިންޑިއާގެ ފިހާރައެއް : ބައެއް ތަކެތީގެ ޖީއެސްޓީ ކުޑަ ކުރަން އެ ގައުމުން ވަނީ ނިންމާފަ -- އެންޑީޓީވީ

މެދުފަންތީގެ ރައްޔިތުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން އިންޑިއާގައި ބައެއް ތަކެތިން ނަގާ ޖީއެސްޓީ ދަށް ކުރަން ނިންމައިފި އެވެ. 

އިންޑިއާގެ މައި ސަރުކާރުން މި ގެންނަ ބަދަލަކީ މި އަހަރުގެ ކުރީކޮޅު އިންކަމް ޓެކްސްގެ ސިލްސިލާ ލުއިތަކެއް ދިނުމަށް ފަހު ގެންނަން ނިންމާ އެންމެ ބޮޑު ބަދަލަށްވާނެ އެވެ.

 މި ބަދަލާއެކު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ކުޑަކުރުމުގެ ގޮތުގައި މެދުފަންތީގެ ގޭބިސީތަކާއި ދަށް އާމްދަނީ ލިބޭ ގޭބިސީތަކަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.

އިންޑިއާގެ މަރުކަޒީ ސަރުކާރުން މި ގޮތަށް ނިންމާފައިވަނީ މެދުފަންތީގެ އާމްދަނީ ލިބޭ މީހުންގެ އަތްމަތި ތަނަވަސްކޮށް އެމީހުން މަތީ ފަންތީގެ އާމްދަނީ ލިބޭ ބަޔަކަށް ހިޖުރަކުރަން ފުރުސަތު ދިނުމަށެވެ. މި ބަދަލު ގެނައުމުގެ ގޮތުން އިންޑިއާގެ މަރުކަޒީ ސަރުކާރުން ވިސްނާފައިވަނީ މިހާރު ޖީއެސްޓީ ނަގާ 12 ޕަސެންޓުން ބައެއް ތަކެތިން ފަސް ޕަސެންޓް އުނި ކުރުމަށެވެ. 

އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން މި ބަދަލާއެކު އާއްމުން އާއްމު ގޮތެއްގައި ބޭނުންކުރާ ދަތްއުނގުޅާ އެއްޗަކާއި ބޭހާއި މޫނުގައި ޖަހާ ފުށް އަދި ފަހާ ފޮށީގެ އިތުރުން ޕްރެޝަރ ކުކަރާއި ބަދިގެ ސާމާނާއި އިލެކްޓްރިކް އިސްތިރިއާއި ގޭޒާ އާއި ކުދި ކެޕޭސިޓީ ހުންނަ ދޮންނަ މެޝިނާއި ބައިސްކަލް އާއި ތަށިމުށި އަދި ފައިވާނާއި ވެކްސިންގެ އަގުތައްވެސް ދަށް ވެގެންދާނެ އެވެ. މި ބަދަލު ގެނައުމުގެ ސަބަބުން އިންޑިއާ އާމްދަނީއަށް 40،000 ކްރޯޑް ރުފިޔާ އާއި 50،000 ކްރޯޑް ރުފިޔާގެ އަސަރެއް ކުރާނެ އެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.