އަގުތައް އެންމެ ބޮޑަށް އުފުލިގެން ގޮސްފައިވަނީ ކަރަންޓް ބިލްތަކުންނެވެ. އަދި އަގުތައް އެންމެ ބޮަޑަށް ވެއްޓުނު ކަމަށް ދައްކަނީ ތަރުކާރީގެ ބާވަތްތަކުންނެވެ.
މިދިޔަ މެއި މަހު ބާޒާރުގައި މުދަލާއި ތަކެތީގެ އަގުތައް 0.48 ޕަސެންޓް އުފުލިގެން ގޮސްފައިވާ ކަމަށް ދައްކައިފި އެވެ.
ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ކޮންސިއުޕާ ޕްރައިސް އިންޑެސް (ސީޕީއައި) ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގައި އަގުތައް +0.48 ޕަސެންޓް ވަނީ އުފުލިފަ އެވެ. އެޕްރީލް މަހު ހުރީ -0.50 ޕަސެންޓް ދަށުގަ އެވެ.
މިދިޔަ މަހު އެންމެ ބޮޑަށް އަގުތައް އުފުލިގެން ގޮސްފައިވަނީ ކަރަންޓް ބިލްތަކުންނެވެ. ކަރަންޓު ބިލްތަކުން +12.99% ގެ އުފުލުމެއް އައިސްފައިވާ ކަމަށް ދައްކަ އެވެ.
މިދިޔަ މެއި މަހު އަގުތައް އެންމެ ބޮޑަށް ދަށްވެފައިވަނީ ތަރުކާރީގެ އެވެ. ތަރުކާރީގެ އަގުތައް ވަނީ 1.56% ޕަސެންޓް ދަށްވެފަ އެވެ. އަދި މޮބައިލް ކޮމިއުނިކޭޝަންގެ އަގުތައް 0.34% ޕަސެންޓް ވެއްޓިފައިވާއިރު ވޯޓާ ސަޕްލައިގެ އަގުތައް ހުރި 0.28% ދަށުގަ އެވެ.
ރާއްޖޭގައި އަގުތަކަށް އައި ބަދަލު ވަކިން ބަލާނަމަ މާލޭގައި އަގުތައް ހުރީ 0.36 ޕަސެންޓުގަ އެވެ. އަދި އަތޮޅުތެރޭގެ ރަށްރަތަކުގައި އަގުތައް ހުރި ކަމަށް ދައްކަނީ 0.66 ޕަސެންޓުގަ އެވެ.