ރަހީނުކޮށްފައި ހުރި ދިވެއްސަކު ސަލާމަތްކޮށް، ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އަނިޔާ ލިބިފައިވާ 44 އަހަރުގެ ދިވެހި މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ-- ފޮޓޯ: ޕޮލިސް

މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ދިވެއްސަކު ސަލާމަތްކޮށް، އެކަމުގެ ތުހުމަތުވާ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާކުރާކަމުގެ ރިޕޯޓެއް އިއްޔެ ލިބިފައިވާ ކަމަށެވެ.

ފުލުހުން ކުރި މަސައްކަތުން އެ މީހާ މިއަދު ސަލާމަތްކޮށް، ރަހީނުކުރި ކަމަށް ތުހުމަތުވާ މީހާ ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން، ކުށުގެ ވެށިން ހައްޔަރު ކޮށްފައިވަނީ ސ. ފޭދޫ ސުވާސާގެ، އިބްރާހީމް ސައީދެވެ.

އެ މައްސަލާގައި އަނިޔާ ލިބިފައިވާ 44 އަހަރުގެ ދިވެހި މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ މީހަކު ރަހީނުކޮށްގެން މިއަދު ފެންމަތިވި ދެވަނަ މައްސަލަ އެވެ. 

މާލޭގެ ގެއެއްގައި ރަހީނުކޮށްގެން ގެންގުޅުނު ބަންގްލަދޭޝް ފިރިހެނަކު ފުލުހުން ސަލާމަތްކޮށްފައިވަނީ މިއަދު ހެނދުނެވެ. 

އެ ބިދޭސީ މީހާ އައިޖީއެމްއެޗަށް ގެންގޮސް، ސިއްހީ ހާލަތު ބެލުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށާއި، އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.