ކޭޕާކް މަންޑޭ ބަންދުން ދޫކޮށްލައިފި

މިއަދު ބަންދުން އޭނާ ދޫކޮށްލާފައިވަނީ، ޝަރީއަތުގެ ހުރިހާ އަޑުއެހުމަކަށް ހާޒިރުވުމަށް ޝަރުތުކޮށް ކަން އެނގިފައިވެ އެވެ.

ހަސަން މަމްދޫދު (މަންޑޭ): އޭނާ މިއަދު ވަނީ ބަންދުން ދޫކޮށްލާފައި.

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ބަންދުން މިއަދު ދޫކޮށްލައިފި އެވެ. 

ކޭޕާކް އެޕާޓްމެންޓްތައް ވިއްކުމުގައި ހިޔާނާތްތެރިވި މައްސަލައިގައި މަންޑޭގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށް، 104 ދައުވާ ވަނީ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތަކަކާއި، އޮޅުވާލުމުގެ ކުށުގެ ދައުވާތަކަކާއި، ޓެކުމުގެ ދައުވާތަކެއްގެ އިތުރުން މަނީލޯންޑަރިންގެ ކުށުގެ ދައުވާތަކެކެވެ.

މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާ ޝަރީއަތަށް ހާޒިރުނުވާކަމަށް ބުނެ އެވެ. 

އޭނާ ވަނީ ކޯޓަށް ހާޒިރު ނުވެވޭ އުޒުރެއްގެ ގޮތުގައި ޑޮކްޓަރުގެ ލިޔުންތަކެއް ވެސް ހުށަހަޅާފަ އެވެ.

މީގެ ކުރިން އޮޔް ޝަރީއަތުގައި ގާޒީ އަލީ ނަދީމް ވިދާޅުވެފައި ވަނީ އެ ލިޔުންތަކުގައި އޭނާއަށް ކޯޓަށް ހާޒިރު ނުވެވޭނެ ހާލަތެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ކޯޓަށް ހާޒިރު ނުވާ ދުވަސްދުވަހު މަންޑޭ ބޭރުގައި އުޅެފައިވާ ކަމަށް އެކި ފަރާތްތަކުން ކޯޓަށް މައުލޫމާތު ހިއްސާކޮށްފައިވާކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

ނަމަވެސް، މިއަދު ބަންދުން އޭނާ ދޫކޮށްލާފައިވަނީ، ޝަރީއަތުގެ ހުރިހާ އަޑުއެހުމަކަށް ހާޒިރުވުމަށް ޝަރުތުކޮށް ކަން އެނގިފައިވެ އެވެ. 

މި މައްސަލައިގައި މަންޑޭގެ އިތުރުން އޭނާގެ ޕާޓްނަރެއް ކަމަށްވާ ރ. އަލިފުށި ކިނާރާގެ، ޖައިޝާން ސައީދަށް 98 ދައުވާ ވަނީ ކޮށްފަ އެވެ.

ކޯޓުން ކުރިން ވަނީ ޝަރީއަތް ނިމެންދެން މަންޑޭގެ މުދާތައް ހިފަހައްޓަން ވެސް އަމުރުކޮށްފަ އެވެ. ހިފަހައްޓާފައިވާ މަންޑޭގެ މުދާތަކުގެ ތެރޭގައި ކޭޕާކްގެ ހަތަރު އެޕާޓްމެންޓް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސެއް ހިމެނެ އެވެ. އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ. އެ ޕެންޓް ހައުސްގެ ތެރެއިން އަގުބޮޑެތި މުދާ ވަނީ ހޯދާފަ އެވެ. އެގޮތުން، ލަގްޒަރީ ބްރޭންޑެޑް ދަބަހާއި ގަހަނާ އަދި ސެންޓު ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.