ސްޓެލްކޯ ދިއްފުށީ އިންޖީނުގެ ނިމި ހިންގާލަން ތައްޔާރު | ހިދުމަތް ފުރިހަމަވެ ހަރަދު ކުޑަވާނެ

މި މަސައްކަތް ނިމުމުން ޓޫރިޒަމް ކުރިއަރަމުން އަންނަ ދިއްފުށީގައި ސްޓެލްކޯއިން ދޭ ހިދުމަތް ފުރިހަމަ ވެގެންދާނެ އެވެ. އަދި ސްޓެލްކޯއަށް ލިބޭނެ ފައިދާއަކީ ކުންފުނި ހިންގުމުގެ ހަރަދު މި އިންޖީނު ގެއާއެކު ކުޑަ ވެގެން ދިއުމެވެ.

ސްޓެލްކޯއިން ދިއްފުށީގައި ނިންމައި ހުޅުވަން ތައްޔާރުވާ އިންޖީނުގެ -- ސްޓެލްކޯ

ދިއްފުއްޓަކީ ޓޫރިޒަމްގެ މައި އެއް ހަބެވެ. މާލެ އަތޮޅުގެ ވަރުގަދަ އިގްތިސޯދެއް އޮތް ރަށެވެ. އެހެންވެ މި ރަށުގައި ފުޅާވަމުންދާ އިގްތިސޯދާ ފައިހަމަ ކުރާނެ ކަރަންޓުގެ ހިދުމަތެއް ބޭނުންވެ އެވެ. ސްޓެލްކޯ އިން މި އަހަރު ފަށައި ހުޅުވަން ތައްޔާރު ވަމުން އެދަނީ މި ބަދަލު އަންނާނެ އިންޖީނުގެ އެކެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރު ހުސެއިން ޝާފިއު ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު ކުރިއަށް އޮތް ހަފުތާ ތެރޭގައި ބާރު ސްޕީޑެއްގައި މަސައްކަތް ކޮށް އެއްކޮށް ނިންމާލެވޭނެ އެވެ. 

ސްޓެލްކޯއިން ދިއްފުށީގައި ނިންމައި ހުޅުވަން ތައްޔާރުވާ އިންޖީނުގެ -- ސްޓެލްކޯ

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރަމުން ދަނީ މިހާރު ކުރަމުން ގެންދަނީ ބާ އިންޖީނު ގޭގައި ހުރި ތަކެތި ބަދަލު ކުރުމުގެ މަސައްކަތްތަކެވެ. އެ މަސައްކަތް ނިމުމާއެކު އިންޖީނު ހުޅުވިގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިހާރު ބެހެއްޓި އިންޖީނުތައް ޓެސްޓްކޮށް ވެސް ވަނީ ނިމިފަ އެވެ. 

ދިއްފުށި އިންޖީނު ގޭގެ އަޕްޑޭޓް

  • އިންޖީނުގެ ކަރަންޓު ކެޕޭސިޓީ 2،200 ކިލޯވޮޓް
  • އައު އިންޖީނުގޭގައި ހަތް މަގެވޮޓް ޖަނަރޭޓަރު
  • އިންޖީނުގެ ފަރުމާކޮށްފައިވަނީ ކެޕޭސިޓީ އިތުރު ކުރެވޭ ގޮތަށް
  • އިތުރު ފަސް ބެޑު ހުންނާނެ ކޮންމެ ބެޑެއްގައި 1.6 ގެ އިންޖީނެއް ބެހެއްޓޭނެ
ސްޓެލްކޯއިން ދިއްފުށީގައި ނިންމައި ހުޅުވަން ތައްޔާރުވާ އިންޖީނުގެ -- ސްޓެލްކޯ

މި އިންޖީނުގެ ހަދާފައިވަނީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކާ ވެސް ދުރުގަ އެވެ. މިތަން ހަދާފައިވަނީ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިމެއްގަ އެވެ. މި އިންޖީނު ގޭގެ ސަބަބުން ސްޓެލްކޯއިން ކުރަން ޖެހޭ ހަރަދުވެސް ބޮޑުތަނުން ކުޑަ ވެެގެންދާނެ އެވެ. މައިގަނޑު ސަބަބަކީ މިތަން ތައްޔާރުކޮށްފައިވަނީ ސްޓެލްކޯ މުވައްޒަފުން ތިބެވޭނެ ކޮޓަރިތަކާއެކު އެކޮމޮޑޭޝަން ބްލޮކްއެއްވެސް ހިމެނޭ ގޮތަށެވެ. އެހެންވެ ކުއްޔަށް ތަންތަން ހިފަން ކުރަން ޖެހޭ ހަރަދުވެސް ސަލާމަތްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.