އެ ބިދޭސީ މީހާ އައިޖީއެމްއެޗަށް ގެންގޮސް، ސިއްހީ ހާލަތު ބެލުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށާއި، އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލޭގެ ގެއެއްގައި ރަހީނުކޮށްގެން ގެންގުޅުނު ބަންގްލަދޭޝް ފިރިހެނަކު މިއަދު ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:00 ގައި ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، އެތަނުގެ ތަޅު ހަލާކުކޮށްލައިގެން އެމީހާ އެތަނުން ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީ މީހާ އައިޖީއެމްއެޗަށް ގެންގޮސް، ސިއްހީ ހާލަތު ބެލުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށާއި، އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.