ކުރީގެ ސިފައިންގެ ޗީފް ޝިޔާމަށް ކުރާ ދައުވާ އަނބުރާ ގެންގޮސްފި

އްސަލަ އަނބުރާ ގެންގޮސްފައިވާކަން އެނގުނީ ހައި ކޯޓުން މި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުންނެވެ. އެ ހުކުމުގައި، ދައުލަތުން މައްސަލަ އަނބުރާ ގެންގޮސްފައިވާތީ މައްސަލަ ވަނީ ބާތިލުކޮށްފަ އެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހްމަދު ޝިޔާމް --

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހްމަދު ޝިޔާމްގެ މައްޗަށް ކުރާ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ދައުލަތުން) އަނބުރާ ގެންގޮސްފި އެވެ.

ޝިޔާމްގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުން ޝިޔާމްގެ މައްޗަށްް ދައުވާ އުފުލީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) ގައި، ޝިޔާމްގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި އިބްރާހިމް ޝާކިރު (ޝާކިރުބެ) ދިރިއުޅުއްވެވި މައްސަލާގަ އެެވެ. ޝިޔާމަށް ދައުވާ ކުރަން ފޮނުވީ ޑިސެމްބަރު 28، 2020 ގައެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެހެންވެ، ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ނަމަވެސް މައްސަލަ އަނބުރާ ގެންގޮސްފައިވާކަން އެނގުނީ ހައި ކޯޓުން މި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުންނެވެ. އެ ހުކުމުގައި، ދައުލަތުން މައްސަލަ އަނބުރާ ގެންގޮސްފައިވާތީ މައްސަލަ ވަނީ ބާތިލުކޮށްފަ އެވެ.

މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ މި މައްސަލައިގެ ހާދިސާ ހިނގައިދިޔަ ފަހުން ހަތް އަހަރު ފާއިތުވެ އަދި ޝިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅާފައި ނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ޝިޔާމަށް ކުރި ދައުވާގައި ދައުލަތުން ދެ ބައެއް ހިމަނާފައިވބެ އެވެ. އެއީ އާންމު އުސޫލާއި ހިލާފަށް ހުރިހާ ހިދުމަތްތަކެއް ލިބޭ ގޮތަށް އެތައް ދުވަހެއް ވަންދެން ޝިޔާމްގެ ބައްޕަ އެމްއާރްސީސީގައި ބެހެއްޓުމާއި އެ ދުވަސްތަކުގައި އޭނާގެ ބައްޕަ ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން ސިފައިންގެ އޮފިސަރަކު ލައްވާ އުސޫލާއި ހިލާފަށް ޑިއުޓީ ކުރުވުމެވެ. ޝިޔާމް ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ކުރީ ސިފައިންގެ ތެރޭގައި އަބަދުވެސް އޮންނަ އާދަކާދައިގެ ތެރެއިން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.