ބީއެމްއެލްއިން ކުދިމެދު ވިޔަފާރިއަށް ވިއްކާ ޑޮލަރު 30 % އަށް އިތުރުކޮށްފި

މި ބަދަލު ގެނައުމުގެ ކުރީގައި ކުދިމެދު ވިޔަފާރިތަކަށް ދޫކުރާނީ ޓީޓީގެ ފަސް ޕަސެންޓެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 30 % އަށް އިތުރުކޮށްފަ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުދާ އެތެރެކުރަން ޓީޓީ ހަދަން ބޭނުންވާ ޑޮލަރު ފޯރުކޮށްދޭ އަދަދު، ބީއެމްއެލް އިން 30 ޕަސެންޓަށް އިތުރުކޮށްފި އެވެ. 

ގައުމީ ޓީވީ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، ކުދިމެދު ވިޔަފާރީތަކުން ޑޮލަރު ހަދަން ޓީޓީތަކަށް މިހާތަނަށް ދޫކުރި ފަސް ޕަސެންޓް ކަމަށާއި ނަމަވެސް މިހާރު މި އަދަދު 30 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށެވެ.

"މިސާލަކަށް ކުރިން 10،000 ޑޮލަރު ޓީޓީއެއް ހަދަން ބީއެމްއެލްއިން މި ފޯރުކޮށްދެނީ 500 ޑޮލަރު. އެހެން އެ ވިޔަފާރިތަކުން ބާކީ ހުރި 9،500 ޑޮލަރު ގަންނަން ޖެހޭނީ އެހެން މާކެޓުތަކުން. ނަމަވެސް މި އަދަދުން ބަލާނަމަ އަޅުގަނޑުމެން [މި އަދަދުން ބަލާނަމަ 3،000 ޑޮލަރާ] ހަމައަށް މި އިތުރުކުރީ. މިއީ މިސާލެއް. ކިތަންމެ ބޮޑު ޓީޓީއެއްނަމަވެސް މި 30 ޕަސެންޓް ދޭނެ،" ބަދުރު ވިދާޅުވި އެވެ. 

ބަދުރު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ މި އަދަދު އިތުރު ކުރުން ކަމަށާއި، މިއީ މިހާރު ނިޒާމުގެ ތެރެއަށް ގެނެވުނު ބަދަލާއެކު އެމްއެމްއޭ އިން ދޭ ޑޮލަރުގެ ސަޕޯޓް ވެސް އިތުރު ވުމުންނެވެ.

"މަރުކަޒީ ބޭންކުން ވިއްކީމަ އެ ޑޮލަރު ވިއްކަނީ. މަރުކަޒީ ބޭންކުންވެސް މިހާރު ބޭންކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކޮށްފި. އެހެންވެ މި އިތުރު ކުރީ،" ބަދުރު ވިދާޅުވި އެވެ.  

ރާއްޖޭގެ ޑޮލަރު ކަޅު ބާޒާރަށް ލޯޑު އަންނަ ޑޮލަރު މަދުކުރަން، ރާއްޖޭގެ ވިޔަފާރިތަކާއި އާއްމުންގެ ބޭނުންތަކަށް އިތުރު ޑޮލަރު ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުގެ އިސް ނެގުމަކާއެކު މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ގާނޫނެއް ހަދައި ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. 

އެމްއެމްއޭގެ ހިސާބުތައް ދައްކާ މެއި މަހުގެ ތިންވަނަ ދުވަހާ ހަަމައަށް ބޭންކިން ނިޒާމަށް 214 މިލިއަން ޑޮލަރު ކޮށްފައިވެ އެވެ. 

މާރުކުރަން ޖެހޭ ކެޓަގަރީތައް ކުރުކޮށް

  •  ކެޓަގަރީ އޭ - ކެޓަގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް މިކެޓަގަރީގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫން ހިންގާ ތަންތަން
  •  ކެޓަގަރީ ބީ - މި ކެޓަގަރީގައި ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތައް
  •  ކެޓަގަރީ ސީ - ޓޫރިޒަމް ނޫން ޑޮލަރުން އާމްދަނީ ލިބޭ ތަންތަން

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީއަށްވުރެ 2023 ވަނަ އަހަރު ލިބުނު އާމްދަނީވަނީ 34 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކަށް 2019 ވަނަ އަހަރު ޖުމްލަ ސޭލްސްގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ޑޮލަރެވެ. 2023 ގައި އެ އަދަދުވަނީ 4.5 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެ ހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވެއްދި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު އާމްދަނީގެ 74 އިންސައްތަކަމަށްވާ 2.5 ބިލިއަން ޑޮލަރުވަނީ ބޭންކުތަކަަށެވެ.

ޑޮލަރުން ރިސޯޓުތަކަށް 2023 ގައި ލިބުނު އާމްދަނީ 2019 އާ އަޅާބަލާއިރު އިތުރުވި ނަމަވެސް ރިސޯޓުތަކުން ބޭންކުތަކަށް ވެއްދި ޑޮލަރުވަނީ އާމްދަނީގެ ނިސްބަތުން ވަރަަށް ބޮޑަށް މަަދުވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ރިސޯޓުތަކުގެ އާމްދަނީގެ 74 އިންސައްތަ ބޭންކުތަކަށް ވެއްދި ނަމަވެސް 2023 ގައި ވައްދާފައިވަނީ އާމްދަނީގެ 52 އިންސައްތަަކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ.

ބޭންކުތަކަށް ރިސޯޓުތަކުން މާރުކުރި ނުވަތަ ބޭންކުތަކަށް ވިއްކި ޑޮލަރު ވެސް 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ވަރަށް ބޮޑަށް މަދުވެފައިވެ އެވެ. އެގޮތުން 2019 ވަނ އަހަރު ޓޫރިޒަމުން ބޭންކުތަކަށް ވަން ފައިސާގެ %6 ބޭންކުތަކަށް ވިއްކި އެވެ. އެއީ 152 މިލިއަން ޑޮލަރެވެ. ނަމަވެސް 2023 ވަނަ އަހަރު ބޭންކުތަކަށް ވަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް ވިއްކާފައިވަނީ އެންމެ 3 އިންސައްތަ އެވެ. އެއީ 68 މިލިއަން ޑޮލަރެވެ.

ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވަން މިންވަރު މަދުވިއިރު އެ މުއްދަތުގައި ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކި މިންވަރުވަނީ އިތުރުވެފަ އެވެ. އެގޮތުން 2019 ވަނ އަހރު 76.6 މިލިއަން ޑޮލަރު ވިޔަފާރި ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރިއިރު 2023 ގައި ބޭންކުތަކަަށް ދޫކުރި ޑޮލަރު 27 އިންސައްތައިން އިތުރުވެ 480.1 މިލިއަން ޑޮލަރު އެމްއެމްއޭއިން ދޫކުރި އެވެ. ބޭންކިން ނިޒާމަށް ޑޮލަރު ވައްދަން ފިޔަވަޅު އަޅަން މަޖުބޫރުވި ހާލަތަކީ މި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.