މެއި މަހުގެ ނިޔަލަށް ޑޮލަރުން އާމްދަނީގެ ގޮތުގައި 655 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު އުޅެނީ 484 މިލިއަން ޑޮލަރުގަ އެވެ
މި އަހަރުގެ މެއި މަހުގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީ 35 % އިތުރުވެ 655 މިލިއަން ޑޮލަރަށް އަރައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ޑޮލަރުން އާމްދަނީގެ ގޮތުގައި 655 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު އުޅެނީ 484 މިލިއަން ޑޮލަރުގަ އެވެ. މިއީ ގާތްގަނޑަކަށް 35 ޕަސެންޓުގެ އިތުރުވުމެކެވެ.
މި މުއްދަތުގައި ބަލާއިރު ޑޮލަރުން އާމްދަނީ ބަލައިގަންނަ މައިގަނޑު ހުރިހާ ދާއިރާތަކުންވެސް ކުރިއެރުން ލިބިފައިވެ އެވެ.
މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ. ޖީއެސްޓީގެ ގޮތުން 361 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.