"ދަތުރުފުޅާއެކު ރާއްޖޭއާ ސިންގަޕޫރުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ"

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ގެންދަވާ ދަތުރުފުޅު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ކުރެވުނު ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ބަދަހި ގުޅުމެއް ދެ ގައުމު ދެމެދުގައި ގާއިމް ކުރެވިގެންދާނެ ކަމަށެވެ. ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ދެ ގައުމު ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ގާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާއި ޓުރިޒަމްގެ ދާއިރާއިންނާއި  މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭ އެމްއޯޔޫތަކުގައި ދެ ގައުމުން ސޮއިކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، 250 އެއްހާ މީހުންނާ އެކު ސިންގަޕޫރުގައި ރާއްޖެ އިން ބޭއްވި އިންވެސްޓްމަންޓު ފޯރަމާ އެކު ވެސް ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ ދިވެހި ވަފުދަށް އެ ގައުމުން ކީ ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.