ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލު ކުރަން ފަށައި، މިދިޔަ އޭޕްރީލް މަހު ވަނީ އެ އިސްލާހުގައިވާ ގޮތަށް ދުންފަތް ވިއްކުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހަށް ހަމަވާނެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާން ކޮށްދީފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލު ކުރަން ފަށައި، މިދިޔަ އޭޕްރީލް މަހު ވަނީ އެ އިސްލާހުގައިވާ ގޮތަށް ދުންފަތް ވިއްކުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން ހެލްތު މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް އޮންނަން ޖެހެ އެވެ.
މި ލައިސަންސް ލިބޭނީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭ އަށް ހުށަހަޅައިގެންނެވެ. އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ފަހުން ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.
ދުންފަތުގެ ވިޔަފާރިއަށް އެޗްޕީއޭއިން ދަނީ ހަތަރު ވައްތަރެއްގެ ލައިސަންސް ދޫކުރަމުންނެވެ. އެއީ؛
މި ލައިސަންސް ދޫކުރާނީ ފަސް އަހަރަށެވެ. ލައިސަންސްގެ މުއްދަތު ހަމަވުމުގެ ދެ މަސް ކުރިން އާކުރަން ހުށަހަޅަން ޖެހޭނެ އެވެ.
ދުންފަތް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމަށް 5،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ލައިސަންސް އާ ކުރުމަށް ވެސް އެ އަގު ދައްކަންޖެހެ އެވެ. ދުންފަތް އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓު ކުރުމަށާއި، ކެފޭ/ރެސްޓޯރެންޓު ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން ނަގާ ހުއްދަތަކަށް 10،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.