އަންދާޒާ ކުރެވޭ ގޮތުގައި ހަނިމާދޫ އެއާޕޯޓަކީ ފީޒިބަލް އަދި ގެއްލުން ކުޑަ އެއާޕޯޓެއްގެ ގޮތުގައި ހިންގަން ބޭނުންނަމަ އެންމެ މަދުވެގެން 2،500 ޓޫރިސްޓު އެނދު އެ ސަރަހައްދަށް ބޭނުންވާނެ އެވެ. މިފަހަރު 1600 އެނދު ނެރޭނެ އެވެ.
ބޮޑު ލުއިތަކާއެކު ސަރުކާރުން އަލަށް ނެރޭ 31 ރަށް / ފަޅުގެ ބޮޑުބައި، އިހަވަންދިއްޕޮޅުގައި ހުޅުވަން ތައްޔާރުވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފީޒިބަލް / ދެކޮޅުޖެހޭ އެއާޕޯޓެއްގެ ގޮތުގައި ހިނގަން ހާއްސަ ކުރާނެ އެވެ.
އަންދާޒާ ކުރެވޭ ގޮތުގައި ހަނިމާދޫ އެއާޕޯޓަކީ ފީޒިބަލް އަދި ގެއްލުން ކުޑަ އެއާޕޯޓެއްގެ ގޮތުގައި ހިންގަން ބޭނުންނަމަ އެންމެ މަދުވެގެން 2،500 ޓޫރިސްޓު އެނދު އެ ސަރަހައްދަށް ބޭނުންވާނެ އެވެ.
ރަށްތައް ނެރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި މިފަހަރު ދޫކުރާ ރަށްތަކުގެ ތެރޭން ހއ. އަދި ހދ. އާއި ށ. ގެ ރަށްތައް ހާއްސަކޮށްފައިވަނީ ހަނިމާދޫ އެއާޕޯޓަކީ ފީޒިބަލް އެއާޕޯޓެއްގެ ގޮތުގައި ހިންގަން ބޭނުންވާ އެނދު ނެރުމަށެވެ. މިގޮތުން 80 ޕަސެންޓާ ހަމައަށް ޖުމްލަ ޑިސްކައުންޓް ދޭނެ އެވެ.
ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ ތެރޭން ހއ. މާރަންދޫ އާއި ތަކަންދޫ ކައިރީގައި އޮންނަ މާދުނި ފަރުގައި ހަ ރިސޯޓެއް ތަރައްގީ ކުރާނެ އެވެ. މިގޮތުން މި ރަރުގައި ތަރައްގީ ކުރާ ރިސޯޓްތަކުގައި ޖުމްލަ ޖުމްލަ 900 އެނދު ހުންނާނެ އެވެ. މި ފަރުގައި ހަދާ ރިސޯޓެއްގެ ބޮޑު މިނުގައި 200 ހެކްޓަރު ހުންނާނެ އެވެ.
ހދ. ނެއްލައިދޫ ކައިރީގައި އޮންނަ މާފަރު ލެގޫންގައި 300 އެނދު ތަރައްގީ ކުރާނެ އެވެ. މި ފަރުގައި ހަދާ ރިސޯޓްތަކުގެ ބޮޑު މިނަކީ 200 ހެކްޓަރެވެ. އަދި ށ. ކަނޑިތީމު ކައިރީގައި ތަރައްގީ ކުރާ ގޮނާފަރުގައި 400 އެނދު ތަަރައްގީ ކުރާނެ އެވެ. މި ފަރުގައި ހަދާ ރިސޯޓެއްގެ ބޮޑުމިނުގައި 200 ހެކްޓަރު ހުންނާނެ އެވެ. މިގޮތުން ހއ. އަދ. އަދި ށ. އަތޮޅުގައި ޖުމްލަ 1600 އެނދު މި ރިސޯޓްތަކުން ތަަރައްގީ ކުރާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުތައް ދައްކާ ގޮތުން ހަނިމާދޫ ހިމެނޭ ހއ. އަދި ހދ. އާއި ށ. އިން 10 ރަށް / ފަޅު ނެރޭނެ އެވެ.
އާންމުކޮށް ހުޅުވާލައިގެން އޯޕަން ބިޑިން އުސޫލާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު ގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ 15 ޕަސެންޓް އިތުރުކުރުން އަދި ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައް އިތުރުކުރާނެ އެވެ. އަދި، މި ލުއިތަކުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި ކިޗަން އެޕްލައިންސް އަދި އިކުއިޕްމަންޓުގެ އިތުރުން އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓޯ މައާފް ކެޓެގަރީއަށް އިތުރުކުރުން ހިމެނެ އެވެ. - މިގޮތުން 25 ޕަަސެންޓުގެ ޑިއުޓީގެ އިނާޔަތް ދޭނެ އެވެ.
އޯޕަން ބިޑިން އަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކުރުން ހިމެނެ އެވެ.
މި ލުއިތަކުގެ ސަބަބުން މި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، މި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި މަޝްރޫއުތަކުގެ ސަބަބުން އާ ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ މި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކާއި ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާވެގެން ދާނެ އެވެ. މީގެ ނަތީޖާ އެއްގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ނަފާ ލިބޭނެ މަގުފަހިވެގެންދާނެއެވެ.