ބޮޑެތި ބަލިތައް ގިނަވުން ސީރިއަސް، ދިރާސާ އެބަ ކުރޭ: ނަސީމް

ބޮޑެތި ބަލިތަކުގެ ރިކޯޑު ހޮސްޕިޓަލުތަކަށް ނުބެލެހެއްޓޭތީ ރާއްޖޭގައި އެފަދަ ބަލިތައް އޮތީ ކިހާ މިންވަރަކަށްކަން އެނގޭނެ ގޮތެއް ނެތެވެ. ޒުވާނުންނަށް މިފަދަ ބަލިތައް ޖެހޭ މިންވަރު ގިނަވެ. ބަލިތަކުގައި ޒުވާނުން މަރުވާ މިންވަރު އިތުރެވެ.

ރާއްޖޭގެ ވެރިރަށް މާލެ: ރާއްޖޭގައި ކެންސަރާއި ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ މައްސަލަތައް ވަނީ އިންތިހާއަށް ގޯސްވެފައި -- މި

ކެންސަރާއި، ހާޓްއެޓޭކާއި ސްޓްރޯކް ފަދަ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ޖެހޭ މިންވަރު ރާއްޖޭގައި ގިނަ ވުން ސީރިއަސް މައްސަލައަކަށް ވެފައިވާ ކަމަށާއި، އެއީ ކީއްވެގެން ވަމުންދާ ކަމެއްތޯ ބަލައި ދެނެގަތުމަށް ކުރާ ދިރާސާ އަދިވެސް ކުރިއަށް ދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޔާސީރު އެއްސެވީ ހެލްތު މިނިސްޓްރީ އިން އިސްނަގައިގެން ކެންސަރާއި، ހާޓްއެޓޭކް އަދި ސްޓްރޯކްފަދަ ބޮޑެތި ބަލިތަކާ ގުޅޭ ގޮތުން ހަދާ ދިރާސާ އޮތީ ކިހާ ހިސާބެއްގައިތޯ އެވެ؟

މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ދިރާސާ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ބެލުމުގެ ދަށުން ކުރިއަށްދާ ދިރާސާއެއް ކަމަށެވެ. މީގެ ކުރިން ވެސް އެމީހުންގެ ޓީމެއް ރާއްޖެ އައި ކަމަށާއި، އެކަން ހިނގާ ގޮތް އެމީހުން ބަލަމުން އަންނަ ކަމަށެވެ. ދެން ވެސް އެމީހުން ރާއްޖެ އަންނަ ޖެހިއްޖިއްޔާ އަންނާނެ ކަމަށެވެ.

ނަސީމް ވިދާޅުވީ މިވަގުތު ބޮޑެތި ބަލިތައް ޖެހޭ މިންވަރު ތަފާސްހިސާބުތަކުން މާ ބޮޑު ތަފާތެއް ފެންނަން ނެތް ނަމަވެސް، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އެ ދިރާސާ ނިމުމުން މިފަދަ ބަލިތައް ގިނަވަނީ ކީއްވެގެންތޯ ސާފުވެގެން ދާނެ އެވެ. އެކަމަކު ދިރާސާ ނިމޭނެ އިރެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ބޮޑެތި ބަލިތަކުގެ ރިކޯޑު ހޮސްޕިޓަލުތަކަށް ނުބެލެހެއްޓޭތީ ރާއްޖޭގައި އެފަދަ ބަލިތައް އޮތީ ކިހާ މިންވަރަކަށްކަން އެނގޭނެ ގޮތެއް ނެތެވެ. ޒުވާނުންނަށް މިފަދަ ބަލިތައް ޖެހޭ މިންވަރު ގިނަވެ. ބަލިތަކުގައި ޒުވާނުން މަރުވާ މިންވަރު އިތުރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.